މަގުބޫލު ސަބަބެއް ނެތި އާއްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ މައްސަލައަކާއި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ބިރުދެއްކުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ބަންދުގައި ބައިތިއްްބައިގެން ކޯޓަށް ހާޒިރު ކުރުމަށް، ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ދަފްތަރު، ޙުސައިން ނާޠިމް،28 އާއި ސ. ހިތަދޫ، ތަބިވައްގެ މުޙައްމަދު ގިޔާޟް،34، އެވެ

ފުލުހުން ބުނީ ޙުސައިން ނާޠިމް ހޯދަމުންދަނީ، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަގުބޫލު ސަބަބެއް ނެތި އާއްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން މި މަހުގެ 19 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަމަށެވެ.

ގިޔާޟް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ބިރުދެއްކުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 19 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ކަމަށެވެ.

އެ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.