18 Oct 2015, 12:07
ހުޅުމާލެ ގެސްޓް ހައުސްއެއްގައި ބަދުއަޚުލާޤީ ޢަމަލު ހިންގަންތިބި ކަމަށް ތުހުމަތުކުރެވޭ އަންހެނަކާއި ކުޑަކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 26 އަހަރުގެ އަންހެނަކާއި 18 އަހަރު ނުފުރޭ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއް ބަލައި ފާސްކޮށް، ރޭ މެންދަމުން އަލިވެ 03:10ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ ގެސްޓު ހައުސްއަކުން އަންހެނަކާއި ކުޑަ ކުއްޖަކު ބަދު އަހުލާގީ އަމަލު ހިންގަން ތިއްބާ ހައްޔަރުކޮށްފައިވާ އިރު 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ އެކީ ބަދު އަހުލާގީ އަމަލު ހިންގި މައްސަލައަކާ ގުޅިގެން 25 އަހަރުގެ ފިރިހެނެއް ލ. ގަމުން ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.