ތަޅައިގެން ނުދާ ނުވަތަ "ޝެޓާޕްރޫފް" ޑިސްޕްލޭއެއް އެކުލެވޭ ފޯނެއް ނެރުމުގެ މަސައްކަތް މޮޓޮރޯލާ އިން ކުރަމުން އަންނަ ކަމަށް ލީކްތަކަކުން ދައްކައިފި އެވެ.

މޮޓޮރޯލާގެ "ޑްރޮއިޑް" ސީރީޒްގެ ދެ ފޯނެއް މި މަހުގެ 27ގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ދާދިފަހުން އައި ލީކުގެ ކުރިން އެ ފޯނުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެ އެވެ.

ްަްއަލަށް ނެރޭ ދެ ފޯނުގެ ތެރެއިން "ޑްރޮއިޑް ޓާބޯ 2"އަކީ ޝޯޓާޕްރޫފް ޑިސްޕްލޭއެއް އިންނާނެ ފޯނެއް ކަމަށް "ޑްރޮއިޑް ލައިފް" އަށް ލިބިފައިވާ ލީކް އަކުން އެނގެ އެވެ.

ޓާބޯ 2 އަކީ ޝެޓާޕްރޫފް ފޯނަކަށް ހެދުމަށް މޮޓޮރޯލާއިން ކުރާނީ ކޮންކަހަލަ މަސައްކަތްތަކެއް އަދީ ހާމަވެފައެއް ނުވެ އެވެ.

މައުލޫމާތު ލީކުވީ ދެވަނަ ފޯނަކީ "ޑްރޮއިޑް މެކްސް 2" އެވެ. އެ ފޯނަކީ 48 ގަޑިއިރު ބެޓެރީގެ ޗާޖު ހުންނާނެ ފޯނެއް ކަމަށް ލީކުތަކުން ހާމަ ވެގެންދެ އެވެ.

އެއްވެސް މައުލޫމާތުގެ ފުރިހަމަ ސައްހަކަމެއް ޑްރޮއިޑް ލައިފް އިން ބުނެފައެއް ނުވެ އެވެ. ނަމަވެސް ޑްރޮއިޑް ލައިފްގެ ލީކްތަކަކީ އާންމުގޮތެއްގައި ސައްހަ ލީކްތަކަކަށް ވުމުން މި ލީކްތަކަކީ ވެސް ހަގީގަތަށް ވުމަކީ ވުން އެކަށީގެންވާ ކަމެކެވެ.