18 Oct 2015, 01:09
މަޝްހޫރު ކޮމެޑީ ޓީވީޝޯ "ދަ ބިގް ބޭންގް ތިއަރީ"ގެ ކާސްޓުންނާއި ކްރިއޭޓަރުން، މާލީގޮތުން އެހީއަށް ބޭނުންވާ ސައިންސް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން 20 ދަރިވަރަކަށް ސްކޮލާޝިޕް ދީފިއެވެ.
ސައިންސް ކިޔަވާ ދަރިވަރުންނަށް އެކުލަވާލި ފަންޑުގެ ދަށުން ސްކޮލާޝިޕް ދީފައިވަނީ ލޮސް އެންޖެލެސް، ކެލިފޯނިއާގެ ރައިވަލް ޔުނިވާސިޓީގެ ދަރިވަރުންނަށެވެ.
އެ ސްކޮލާޝިޕަކީ ސައިންސް، ޓެކްނޮލޮޖީ، އެންޖިނިއަރިން އެންޑް މެތަމެޓިކްސް (ސްޓެމް) ކިޔަވާ ދަރިވަރުން ގިނަވަމުން އަންނާތީ އެކުދިންނަށް ފަސޭހަތަކެއް ކޮށްދިނުމަށް ދޭ ސްކޮލާޝިޕްތަކެކެވެ.
އެ ޝޯގެ ކްރިއޭޓާ ޗަކް ލޯރީ ބުނީ އެ ޝޯއަކީ ސައިންޓިފިކް ކޮމިއުނިޓީތަކުގެ ފަރާތުން ބޮޑެތި އެއްބާރުލުމާއި ލޯބި ލިބެމުން އަންނަ ޝޯއެއް ކަމަށާއި އެ ސްކޮލާޝިޕްގެ ފުރުސަތަކީ ކޮމިއުނިޓީ އަށް ދޫކުރާ އެއްޗެއް ކަމަށެވެ.
"ބިގް ބޭންގް އަކީ ސައިންޓިފިކް ކޮމިއުނިޓީއަށް ތައްޔާރުކޮށްފައިވާ ޝޯއެއް. އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އެ ކޮމިއުނިޓިގެ ފަރާތުން އަޅުގަނޑުމެންގެ ޝޯއަށް އެހާ ބޮޑަށް ލޯތްބާ އެއްބާރުލުން ލިބުން. އެހެންކަމުން މި ސްކޮލާޝިޕްގެ ފުރުސަތުތަކަކީ ކޮމިއުނިޓީ އަށް އަޅުގަނޑުމެންގެ ފަރާތުން ދެވޭ އެއްޗެއް،" އޭނާ ބުންޏެވެ.
އެ ސްކޮލާޝިޕް ފަންޑަށް އެންމެ ފުރަތަމަ ފައިސާ ހަދިޔާ ކޮށްފައި ވަނީ ލޯރީ އެވެ. އަދި އޭގެ އިތުރުން ޕްރޮޑަކްޝަން ޓީމާއި ޝޯގެ ތަރިންތައް ވެސް ވަނީ އެއަށް ފައިސާ ހަވާލު ކޮށްފަ އެވެ. ސްކޮލާޝިޕް ފަންޑު އެކުލަވާލާފައިވަނީ ޖޫން މަހުގައެވެ.