17 Oct 2015, 18:47
އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިހާރުގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ވިދާޅުވެގެން އެކި ކަހަލަ ރިޕޯޓުތައް ނެރޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ގަލްފް ކްރާފްޓުގެ ވެރިޔާ ހާދިމު އިސްމާއީލްގެ ގެކޮޅާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އޮފީސް ފުލުހުން ޗެކްކުރި ޚަބަރާ އެކު އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހަމަދު ޖަމީލު އަހްމަދު ކުރައްވާފައިވާ ޓްވީޓްގެ ސްކްރީން ޝޮޓެއް --

ކުރީގެ ނައިބު ރައީސް ޑރ. މުހަމަދު ޖަމީލު އަހްމަދު ކުރައްވާފައިވާ ޓްވީޓްގެ ސްކްރީން ޝޮޓެއް --
ނައިބު ރައީސް އަދީބަށް ނުދީސާކޮށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދަހިވެތިކަމުގައި ޖެހިގެން މާލީ މަންފާތަކުގެ ދަލުގައި ޖެހި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ހަލާކުކޮށްލާފައިވާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހަމަދު ޖަމީލު އަހްމަދު ކުރައްވާފައިވާ ޓްވީޓްގެ ސްކްރީން ޝޮޓެއް --
މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލާއި ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން މީޑިއާ ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ރިޔާސީ ނިޒާމުގެ ސިފަތައް ވަނީ އުވާލާފައި ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު ރައީސް ޔާމީން މިސްރާބު ބަދަލުކޮށްލީ ހުރިހާ ބާރެއް މުށުތެރެއަށްލައި ސިޔާސީ ލީޑަރުން ފޮހެލުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ މުޅި ދިވެހި ޖައްވު މިއަދު މިވަނީ ބަނަވެ މާޔޫސްވެފައިކަމަށެވެ. އެކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހަމަދު ޖަމީލު އަހްމަދު ކުރައްވާފައިވާ ޓްވީޓްގެ ސްކްރީން ޝޮޓެއް --
ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ނުލަފާކަމާއި ނުބައިކަން އިސްކޮށްގެން ރަނގަޅު ގޮތެއް އުފަން ނުވާނޭކަން މިއަދުވެސް ހާމަވަމުން އަންނަ ކަމަށެވެ.
މިފަހަކަށް އައިސް ޑރ. ޖަމީލް އަންނަނީ ރައީސް ޔާމީނާއި ނައިބު ރައީސް އަހްމަދު އަދީބަށް ފާޑުވިދާޅުވެ ޓްވީޓުތައް ކުރަމުންނެވެ.