އެމެރިކާގެ މިލިޓަރީ އެކަޑަމީގައި ފުރަތަމަ ޑިގްރީ އަށް ކިޔުވުމުގެ ސްކޯލާޝިޕް ފުރުސަތުތަކެއް އެމްއެންޑީފުން ހުޅުވާލާފި އެވެ.

އެމްއެންޑީއެފުން ވަނީ ސްކޯލާޝިޕްގެ ހަ ފުރުސަތު ހުޅުވާލައިފަ އެވެ. އާއްމުކޮށް ހުޅުވާލާފައިވާ އެ ސްކޯލާޝިޕުތަކަކީ އެމެރިކާގެ މިލިޓަރީ އެކަޑަމީން ފަންޑްކުރާ ސްކޯލާޝިޕްތަކެއް ކަމަށް އެމްއެންޑީއެފްގެ މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތައް

ޖީސީއީ އޭ ލަވަލް ނިންމާފައިވުން ނުވަތަ އެއަށް ވުރެ މަތީ ސެޓްފިކެޓެއް އޮތުން

ސަތާރަ އަހަރާއި ތޭވީސް އަހަރާއި ދެމެދު މީހަކާ އިދިގެންނޫޅޭ މީހަކަށް ވުން

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށްވުމާއި ފަތަން އެނގުން

މީގެ އިތުރުން ހިސާބުންނާއި އިނގިރޭސީން އެ އެކަޑަމީން ކަނޑައަޅާ މިންގަޑުން މާކްސް ލިބިފަ އޮތުން ހިމެނޭ

ސްކޯލާޝިޕަށް އެދޭ ފޯމް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މި މަހުގެ 29 ގެ ނިޔަލަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.