Last Updated: 1 decade 1 month ago

ވެލާނޭގައި ހުންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އޮފީހަށް ސިފައިނާއި ފުލުހުން ވަދެ ހަރަކާތްތެރިވަމުން އެބެދަ އެވެ.

އެ އޮފީހުގައި ސިފައިން ހަރަކާތްތެރި ވަނީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާއި ގުޅިގެން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

އެސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ ދާދި ދެންމެއަކު ބަލާ ފާސްކުރާ ފުލުހުންގެ ޓީމަކުން ވެލާނާގޭ ތެރެއަށް ވަދެފައިވާ ކަމަށެވެ.

ވެލާނާގޭ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވާއިރު އެސަރަހައްދުން މީހުން ދުރަށް ޖެއްސުމަށް ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެސަރަހައްދަކީ "ގްރީން ޒޯން" އެވެ.

އިރު އެރިއިރުވެސް ސިފައިންނާއި ފުލުހުން ދަނީ ވެލާނާގެ ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެމްއެމްޕީއާރްސީގެ އޮފީސް ކައިރީގައި ފޯރިމަރަމުން.

ވެލާނާގެ ބިލްޑިންގެ ސެކިއުރިޓީ ގާޑަކު ބުނީ އެމްއެމްޕީއާރްސީގެ އޮފީސް ބަލައި ފާސްކޮށް ނިންމުމަށްފަހު، އެ އޮފީހުގެ ދަޅުދަނޑި ހަވާލުކޮށްފައި ވަނީ ރޭ މެންދަމު 3:13 ގައި ކަަމަށް.
މިއަދު އިރު އެރިއިރު ވެސް ބައެއް ނޫސްވެރިން ވެލާނާގޭ ބިލްޑިން ކައިރީގައި ދިރިޔައީ ހަރަކާތްތެރިވަމުން.
ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެމްއެމްޕީއާރްސީގެ އޮފީސް ބޭރުގައި ފޯރިމަރަން ތިބީ ދެ ފުލުހަކާއި ދެ ސިފައިންގެ މީހަކު.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މެންދަމު އެމްއެމްޕީއާރްސީގެ އޮފީސް ބަލާއި ފާސްކުރުމަށްފަހު ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޮން މައްސަލަކާ ގުޅިގެން ކަމަށް އޮފިޝަލް ވިދާޅެއް ނުވޭ.
ފުލުހުން ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ގަލްފް ކްރާފްޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ދިރިއުޅުއްވާ މ. ޝުރާ މަންޒިލަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައި.



ހޯމް މިނިސްޓަރު އުމަރު ނަޞީރުގެ ނަމުގައި އިތުރު "ފޭކް" އެސްއެމްއެސްތަކެއް ކުރަމުން ދާކަމަށް، ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބުދުއްސަމަދު ދާދި ދެންމެ ވިދާޅުވެއްޖެ.
ސިޔާސީގޮތުން ގޮތްހުސްވެފައި ތިބޭމީހުން ކުރާކަހަލަ ކަންކަން ކުރުމަށް ހޯމް މިނިސްޓަރު އުމަރަށް ވަގުތެއް ނެތް. ވަރަށް ބޮޑު ގައުމީ މަސައްކަތެއްގައި އެމަނިކުފާނު އުޅުއްވަނީ މިދުވަސްކޮޅު ވަރަށް ބިޒީކޮށްތަޒްމީލް އަބުދުއްސަމަދު
މެދުޒިޔާރާތްމަގުން ވެލާނާގެއަށް ދާން އޮންނަ މަގު ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައި.

ފުލުހުން ދަނީ ވެލާނާގޭ ސަރަހައްދުގައި އަމަން ބަލަހައްޓަމުން. އެތަނަށް އެއްވެފައި ތިބި މީހުން ދުރަށް ޖައްސައި، ހަމައެކަނި ނޫސްވެރިން އެތަނުގައި ތިބެވޭނެ ގޮތް ފުލުހުން ވަނީ ހަދާފައި. ވެލާނާގެ ބިލްޑިއަށް ސިފައިން ވަނުމާއެކު ކުޑައިރުކޮޅެއްގެ ތެރޭ އެތަނަށް ގިނަ ބަޔަކު ޖަމާވި. ނަމަވެސް އެ ތަނަށް އެއްވި މީހުން ދުރަށް ޖެއްސުމަށްފަހު، ބައެއް މަގުތަކުގައި ފުލުހުން ވަނީ ބެލިކޭޑް ޖަހާފައި.

ވެލާނާގޭ ތެރޭން ސިފައިންގެ ފަސް މީހަކާއި، ފުލުހުންގެ ފޮރެންސިކް ޓީމްގެ ތިން މީހަކު ނުކުމެގެން ހިނގައްޖެ. އެމީހުން އެއްވެސް އެއްޗެއް ގެންދިޔަތަނެއް ނުފެނޭ.

ސިފައިންނާއި ފުލުހުން ދަނީ އަދިވެސް ވެލާނާގޭ ހަތަރުވަނަ ފަންގިފިލާގައި ހަރާތްތެރިވަމުން. މިހާރު ވެލާނާގޭ ސަރަހައްދަށް އެއްވެފައި ތިބި އާންމުންވެސް ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި.




