29 Mar 2011, 15:38
މިހާރު ކުރިއަށްދާ 15 ވަނަ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގައި ރޭ ކުޅެވުނު މެޗުގައި ރިވަލްސާ އާއި ވާދަކޮށް އިމިގްރޭޝަން މޮޅުވެއްޖެ އެވެ.
އިމިގްރޭޝަން މޮޅުވީ 22-39 ޕޮއިންޓުންނެވެ. މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިއަކީ އިމިގްރޭޝަންގެ އާމިނަތު އަބްދުލް އަޒީޒެވެ. އޭނާ ވަނީ 24 ޕޮއިންޓް ހޯދާފައެވެ. ރިވަލްސާއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 13 ޕޮއިންޓް ހޯދި އާމިނަތު ލީލާ އެވެ.
ފަސް ޓީމު ވާދަކުރާ މުބާރާތް ނިމޭނީ އަންނަމަހުގެ 8 ވަނަ ދުވަހު އެވެ.