ބާސްކެޓް އެސޯސިއޭޝަންގެ މިއަހަރުގެ ހަރަކާތްތައް ހިންގުމަށްޓަކާ މީގެ ކުރިން ފާސްނުކުރާވަރުގެ ބޮޑު ބަޖެޓެއް މި ހަފްތާގައި އޮތް އަހަރީ ޖަލްސާގައި ފާސްކޮށްފި އެވެ.

ހޮނިހިރު ދުވަހުގެރޭ ހެންވޭރު ބޯޅަދަނޑުގައި އޮތް ޖަލްސާގައި މެމްބަރު ކްލަބްތަކުގެ ވޯޓުން ފާސްކޮށްފައިވަނީ 3.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިހާތަނަށް ބާސްކެޓުން ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ.

ބާސްކެޓުން ބޮޑު ބަޖެޓެއް ފާސްކުރިއިރު ވޮލީބޯޅައިން މިދިޔަމަހު ބޭއްވި ޖަލްސާގައި ފާސްކޮށްފައިވަނީ 1.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބާސްކެޓްގެ ޖަލްސާގައި އެކްސްކޯއިން ހުސްވެފައިވާ ކްލަބް މެމްބަރަކު ހޮވުން އޮތެވެ. އެ މަގާމަށް ހޮވުނީ ޑީ ބާސްކެޓްބޯޅަ ކްލަބްގެ މުހައްމަދު ހާޝިމް (ޑޭވިޑް) އެވެ.