15 Oct 2015, 10:17
ނެސްކެފޭ ދެ ކޮފީ ދަޅު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެހި ދެ ޒުވާނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ 500 ގުރާމުގެ އެދެ ކޮފީ ދަޅު ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
"މި ދެ މީހުން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް މިމިީހުންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ 19:15 ހާއިރު މިރިޔާސް މަގުން." ފުލުހުން ބުންޏެވެ.
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ކޮފީދަޅު ފެނިފައި ވަނީ އެމީހުން މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރި އިރު އެތަނުން އެކަކުގެ އަތުގައި އޮތް ދެ ދަބަހެއްގެ ތެރެއިންކަމަށް ވެސް ފުލުހުން ބުންޏެވެ.