15 Oct 2015, 01:59
ގަލްފް ކްރާފްޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާމިދު އިސްމާއިލް ދިރިއުޅުއްވާ މ. ޝުރާ މަންޒިލަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަންނަން އުޅުމަށްފަހު އަނބުރާ ގޮސްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރަކާއެކު މިރޭ މެންދަމު ފުލުހުން އެ ގެއަށް ވަންނަން ދިއުމުން، ކޯޓު އަމުރުގައި މައްސަލަ އުޅޭތީ، ފުލުހުން ވަނީ، އެ ގެއަށް ނުވަދެ، އަނބުރާ ގޮސްފަ އެވެ.
މ. ޝުރާ މަންޒިލްގައި އުޅޭ މީހަކު "ސަން"އަށް ބުނީ ކޯޓު އަމުރުގައި މައްސަލަ އުޅޭތީ، އެ އިސްލާހު ކުރުމަށް އެދުނު ކަމަށެވެ. ފުލުހުން ބޭނުން ވަނީ އެ ގޭގެ ވަކި އެޕާޓްމަންޓަކަށް ވަނުމަށް ކަމަށާއި ނަމަވެސް ކޯޓު އަމުރުގައި "އޮތީ އެހެން ވާހަކައެއް" ކަމަށެވެ.
ގަލްފް ކްރާފްޓް ހާމިދު ދިރިއުޅުއްވާ މ. ޝުރާ މަންޒިލަކީ ނައިބު ރައީސް އަހުމަދު އަދީބު ކުރިން ދިރިއުޅުއްވި ގެ އެވެ. ހާމިދަކީ ނައިބު ރައީސް އަދީބުގެ ބޭބެއެކެވެ.