14 Oct 2015, 10:30
މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް އެކުގައި މާލޭގައި ފާހަގަ ކުރުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، އެ ދެދުވަސް މިނިވަން 50 އާ ގުޅުވައިގެން މާލޭގައި މިއަންނަ މަހު 19 އިން 21 އަށް ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 އެކެވެ. އަދި ދަނޑުވެރިންގެ ދުވަހަކީ އޯގަސްޓް މަހު 10 ވަނަ ދުވަހެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދެދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ ދައުރު ފާހަގަކޮށް ބުރަމަސައްކަތުގެ އަގުވަޒަން ކުރުން ކަމަށެވެ. އެ ދެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައް ބައިވެރިވާ ގިނަ ޕްރޮގްރާމްތަކެއް މާލޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.