14 Oct 2015, 10:41
ނ. ވެލިދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ޔަމީން ހޮވިއްޖެ އެވެ.
ރޭ ނ. އަތޮޅު ތައުލީ މަރުކަޒުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން: ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
ނ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު ސާނަވީ ތައުލީމު ހާސިލު ކުރި ޔަމީން ވަނީ އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގައުމީ ގަދަ 10ގެ ދެވަނަ މަގާމު ހޯދާފައެވެ. އޭނާ ވަނީ ފަސް މާއްދާއަކުން ޑިސްޓިންކްޝަން ހޯދާފައެވެ.
ވޭތުވެ ދިޔަ އަހަރު އެ މަަދަރުސާއިން އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ 10 ގައި ހިމެނިފައިވަނީ ޔަމީން އެކަންޏެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު 27 ދަރިވަރަކު އޯލެވެލް އިމްތިހާން ހަދާފައިވާއިރު 18 ދަރިވަރަކު ވަނީ ފަސް މާއްދާއިން މަތިން ފާސްވެފައެވެ. އެ ނަތީޖާއަކީ 2013 ވަނަ އަހަރަށްވުރެ 64 ޕަސެންޓް މަތީ އަދަދެއް ކަމަށް ސްކޫލުގެ ޕްރިންސިޕަލް އަލީ އަހްމަދު ވިދާޅުވިއެވެ.
ރޭ ނ. އަތޮޅު ތައުލީ މަރުކަޒުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން: އެ ޖަލްސާގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް ވަނީ އިނާމު ލިބިފައި--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
ވޭތުވެ ދިޔަ އަހަރު ސްކޫލުން އެކި ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސްކޫލުން ފާހަގަ ކޮށްލެވޭ ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.
އެކި ގްރޭޑްތަކުން އެންމެ މޮޅު ދަރިވަރުންނާއި އެކި ކްލާސްތަކުން ނަތީޖާ ރަނގަޅު ކުރަމުން އަންނަ ދަރިވަރުންނަށް ވަނީ އެ ޖަލްސާގަައި އިނާމު ދީފައެވެ. ހަމައެއާއެކު ކޮޮންމެ ކްލާހަކުން އަހުލާގީ ގޮތުން އެންމެ ރަނގަޅު ދަރިވަރުން ވަނީ އެ އިނާމު ދިނުމުގެ ޖަލްސާގައި ހޮވާފައެވެ.
ރޭ ނ. އަތޮޅު ތައުލީ މަރުކަޒުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން: އެ ޖަލްސާގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް ވަނީ އިނާމު ލިބިފައި--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
ޖުމްލަ 293 ދަރިވަރުން ކިޔަވާާ ސްކޫލުގެ އެންމެ މޮޅު 10 ދަރިވަރުންވެސް ވަނީ އެ ޖަލްސާގައި ހޮވާފައެވެ. އޭގެ އިތުރުން ވޭތުވެ ދިޔަ އަހަރު އެ ސްކޫލުގައި ބޭއްވި އިތުރު ހަރަކާތްތަކާއި ޔުނިފޯމް ހަރަކާތްތަކުން ފާހަގަ ކޮށްލެވޭ ދަރިވަރުންވެސް ވަނީ އެ ޖަލްސާގައި އިއުލާންކޮށްފައެވެ.
މިދިޔަ އަހަރު ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ހައުސްއަކަށް ހޮވިފައިވަނީ ޝަހީދު އަލީ ހައުސް (ރެޑް ހައުސް) އެވެ. އަދި އެންމެ މޮޅު ސްކައުޓަކަށް އަލީ އާތިފް ހޮވިފައިވާއިރު އެންމެ މޮޅު ގާލް ގައިޑަކަށް ހޮވިފައިވަނީ އައިމިނަތު ނާއިފާއެވެ.