13 Oct 2015, 23:44
އައްޑޫ ސިޓީ ހިތަދޫ ސެލޫނަކަށް ވަދެ އެތަނުން ފޭރެން އުޅުނު ކަމުގެ ތުހުމަތަށް ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫގައި ހުންނަ ސެލޫނަކަށް ވަދެ އެ ކުއްޖާ އެތަނުގައި ތިބި ބިދޭސީންތަކަކަށް ތޫނު އެއްޗަކުން ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކުރީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
ތޫނު އެއްޗަކުން ބިރު ދައްކައިގެން ފޭރެން މަސައްކަތް ކުރުމުން އެތަނުގައި ތިބި ބިދޭސީން އޭނާ ހިފަހައްޓައި އަނިޔާ ކުރި ކަމަށްވެ އެވެ. އެ ކުއްޖާއަށް ބިދޭސީން ބޮޑެތި އަނިޔާތަކެއް ކުރުމުން އޭނާ ބިންމައްޗަށް ވެއްޓިފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ނަމަވެސް ފުލުހުން އޮފިޝަލް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގިކަން އެނގިފައި ނުވާ ކަމަށެވެ.