މަޝްހޫރު ފިލްމީތަރި މެޓް ޑިމޯންގެ އެންމެ މިފަހުން ރިލީސް ކުރި ފިލްމް "މާޝިއަން" އަށް ބޮކްސް އޮފީސް ޗާޓުގެ އެއްވަނަ ޖެހި ޖެހިގެން ދެހަފްތާ ވެސް ލިބިއްޖެ އެވެ.

ސްޕޭސް ޝިޕެއްގައި މާސްއަށް ދާ ޓީމެއްގެ ތެރޭގައި ހިމެނޭ މެޓް ޑިމޯން އެތަނަށް ދޫކޮށްލުމަށް ފަހު ދިއުމުން އޭނާ މާސްގައި ދިރިއުޅުން ވޭތުކުރާ ގޮތް ދައްކުވައިދޭ އެފިލްމު ވަނީ މުޅި ދުނިޔޭގައި ވެސް މަގުބޫލު ފިލްމަކަށްވެފަ އެވެ. މާސްގައި ގަސް ހެއްދައިގެން ކެއުމާއި އަމިއްލަ މަސައްކަތުން ދުނިޔެއާ ގުޅާ ގޮތް ދައްކުވައިދޭ އިރު އެފިލްމަކީ މަޖާ ފިލްމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް މާސްގައި ހޭދަކުރުމަށް ފަހު އެނބުރި ދުނިޔެއަށް މެޓް ޑިމޯން ގެންދަނީ އެތަނަށް ފުރަތަމަ ސްޕޭސްޝިޕްގައި ދިޔަ ޓީމުންނެވެ.

ރިޑްލޭ ސްކޮޓް ޑައިރެކްޓްކުރި އެފިލްމަށް ވޭތުވެ ދިޔަ ހަފްތާގެ ބަންދުގައި ވެސް 3.9 މިލިއަން ޕައުންޑް ލިބިފައިވެ އެވެ.

މިހާރު ބޮކްސް އޮފީހުގެ ގަދަ ފަހެއް

  • ދަ މާޝިއަން - 3.9 މިލިއަން ޕައުންޑް
  • ސިކޭރިއޯ - 1.6 މިލިއަން ޕައުންޑް
  • ދަ ވޯކް - 795،000 ޕައުންޑް
  • ލެޖެންޑް - 710،000 ޕައުންޑް
  • ދަ އިންޓާން - 507،000 ޕައުންޑް

މާޝިއަން އަކީ ކާމިޔާބު ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. މިހާތަނަށް 270 ސިނަމާއެއްގައި އެ ފިލްމު އަޅުވާފައިވާ އިރު ރާއްޖޭގެ ޝްވެކް ސިނަމާގައި ވެސް ވަނީ އެފިލްމް އަޅުވައިފަ އެވެ.

މާޝިއަން ވެގެން ގޮސްފައި ވަނީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ފިލްމަކަށެވެ.