29 Mar 2011, 09:01
ދިމިޝްޤު : ސޫރިޔާއަށް ބޭނުންވާ ސިޔާސީ އަދި އިޤްތިސާދީ ބޮޑެތި އިސްލާހްތަކެއް ރައީސް ބައްޝާރުލް އަސަދް ވަރަށް އަވަހަށް ރައްޔިތުންނާ ޙިއްސާ ކޮށްލައްވާނެ ކަމަށް އެޤައުމުން ބުނެފިއެވެ.
ސޫރިޔާ ސަރުކާރުގެ އިސްމަސްއޫލުވެރިއެއްކަމަށްވަ ބުޘައިނާ ޝަޢްބާން ވިދާޅުވީ ރައީސް ބައްޝާރު ޢިޢްލާން ކުރައްވާނީ ޤައުމުގެ ކުރިއެރުމާއި ޑިމޮކްރަސީއާއި އިންސާނީ ހަޢްޤުތަކާއި ހެޔޮވެރިކަމާބެހޭ އިސްލާޙްތަކެއް ކަމުގައެވެ.
ސޫރިޔާގެ ނޫސްތައް ބުނާގޮތުން ރައީސް ބައްޝާރުލްއަސަދް ހުންނެވީ އިސްލާހްތަކުގެ މައްސަލާގައި ރައްޔިތުންނަށް ދޫދެއްވަން ތައްޔާރަށެވެ. ބައްޝާރު އިޢްލާންކުރައްވާނެ ކަމަށް ބެލެވޭ އިސްލާޙްތަކުގެ ތެރޭގައި ސިޔާސީ އިދިކޮޅު ޕާޓީތައް އުފެއްދުުމުގެ މިނިވަންކަން ދިނުމާއި މިނިވަން މީޑިޔާއަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރަސްތު ދިނުން ހިމެނޭނެ ކަމަށް މުޙައްލިލުން ލަފާކުރައްވަ އެވެ.
އަދި އެއްވެ އުޅުމުގެ މިނިވަންކަން ދިނުމާއި ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ދިނުންވެސް ރައީސް ބައޝާރު އިޢްލާންކުރައްވާ އިސްލާހީ އެޖެންޑާގައި ހިމެނޭނެ ކަމަށާއި 1963 ން ފެށިގެން ޢިޢްލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލުން މީގައި ހިމެނޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ސޫރިޔާގެ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ ބަޔަކު ކުރަމުން ގެންދާ މުޒާހަރާތައް ހޫނުވެ ފުލުހުން ބަޑިޖެހުމާގުޅިގެން އެތަށްބަޔަކު ވަނީމަރުވެފައެވެ. (އަލްޖަޒީރާ)