ދެ ރަށެއްގައި އަލަށް ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތާއި ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހއ. އިހަވަންދޫގައި ސިއްހީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ކްރިސްޓަލް ސޭންޑީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 3.1 މިލިޔަން ރުފިޔާގެ އަގަކަށް، 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ރ. އަނގޮޅިތީމުގައި ސިއްހީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ޕްރޮޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 3.1 މިލިޔަން ރުފިޔާއަށް، 185 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ބ. ތުޅާދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް 1.9 މިލިޔަން ރުފިޔާގެ އަގަކަށް، 67 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އދ. މަހިބަދޫގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލްއަށް އިތުރުކުރާ ތިންބުރި އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް މިއަދުގެ ރަސްމިއްޔާތުގައި ބަޔަކާ ހަވާލުކުރި އެވެ. އެ މަސައްކަތް ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.2 މިލިޔަން ރުފިޔާއަށް، 105 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިއަދު ސޮއިކުރި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.