12 Oct 2015, 13:29
ނެޝެނަލް ސެންޓަ ފޯ ދި އާޓްސް ( އެންސީއޭ)ގެ ކޯޑިނޭޓަރު ކަމުން ދާދިފަހުން ވަކިކުރި ފިލްމީތަރި އަބްދުﷲ މުއާޒް (މުއާ) ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ މުއާޒް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަން ފުލުހުން ބުނެފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން މުއާޒުގެ ފަރާތުން ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
މުއާ މަސައްކަތް ކުރައްވަމުން ގެންދެވީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ހިންގެވުމުގަ އެވެ. މަގާމުން މުއާޒް ވަކި ކުރީ ކޮން ސަބަބަކާ ހުރެކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.