ރެއާލް މެޑްރިޑްގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އިންޖަރީވެފައިވުމުން އެޓީމުގެ ކޯޗް ރަފާ ބެނިޓޭޒްއަށް ބޮލުގެ ރިހުމަކަށްވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑު ސެންތިއާގޯ ބެރުނަބާބޭގައި ކުޅޭ މެޗަށް ނިކުންނައިރު ޑެނީ ކަރަވަހަލްއާއި ޕެޕޭއާއި ސާޖިއޯ ރާމޯސްގެ އިތުރުން ލުކަ މޮޑްރިޗްއާއި ހަމޭސް ރޮޑްރިގޭޒްއާއި ކަރީމް ބެންޒަމާއަށް ވަނީ އަނިޔާވެފައެވެ.

ބެންޒަމާއާ މޮޑްރިޗަށް އަނިޔަވީ އިންޓަނޭޗަނަލް ބްރޭކް ތެރޭގައެވެ.

އެހެންކަމުން ލެވަންޓޭގެ މެޗްގައި، ބެނިޓޭޒްއަށް ޖެހިފައިވަނީ އޭނާ ނެރޭ 4-4-2 ގެ ފޯމޭޝަންގެ ބަދަލުގައި 4-2-3-1 ގެ ފޯމޭޝަނަށް ޓީމު އަތުރަން ޖެހިފައެވެ.

އެހެންކަމުން ބެލެވޭގޮތުގައި ސެންޓްރަލް ސްޓައިކަރެއްގެ ގޮތުގައި ކުޅޭނީ ރޮނާލްޑޯއެވެ.

ޑިފެންސްގައި ޕެޕޭއާއި ރާމޯސްގެ އިތުރުން ކަރަވަހަލް ނެތުމުން އެޖާގަތައް ފިލުކުރުމަށް ނިކުންނައިރު ސެންޓްރަލް ދެ ޑިފެންޑަރުންގެ ގޮތުގައި ވެރޭންއާއި ނަޗޯ ނެރޭއިރު އަރިމަތީގައި މާސެލޯގެ އިތުރުން ކަރަވަހަލް ހަރަކަތްތެރިވާނެއެވެ.

އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ލޯންގް ރިކަވާރީއެއްގައި އުލެނީ ޕެޕޭއެވެ. މިސީޒަންގައި މިހާތަނަށް އޭނާ ކުޅެފައިވަނީ އެންމެ ދެ މެޗެވެ.