12 Oct 2015, 09:04
ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ދިމާވާ ގޮންޖެހުންތައް ސަރުކާރަށް އެނގޭ ކަމަށާއި އެ ކަންތައްތައް ހައްލުކުުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހެރެތެރެ ރިސޯޓް 'ކެނަރީފް ރިސޯޓް' އަށް ރީބްރޭންޑް ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު އަންނާނެ ޕޮލިސީތައް ސަރުކާރުން އެކުލަވައިލާނެ ކަމަށެވެ.
" ވިޔަފާރި ތަރައްގީ ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރުމަށް އިންވެސްޓަރުންނަށް ދިމާވާ ގޮންޖެހުންތައް ސަރުކާރަށް އެނގޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ހިންގާ ހެރެތެރެ ރިސޯޓް 'ކެނަރީފް ރިސޯޓް މޯލްޑިވްސް' ގެ ނަަމަށް ރީބްރޭންޑް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރާއްޖެއަށް އިގްތިސާދީ އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުން ވިޔަފާރިވެރިންނާއި ވަކިން ޚާއްސަކޮށް ބޭރުގެ އިންވެސްޓަރުންނާ އެއްކޮށް މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށް ސައީދު ވިދާޅުވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވުމުން އައްޑޫގައި ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ދިމާވާ ބައެއް ގޮންޖެހުންތަކަށް ހައްލެއް އަންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އޮކްޓޯބަރ 11، 2015: އައްޑޫ ސިޓީގައި ހިންގާ ހެރެތެރެ ރިސޯޓް 'ކެނަރީފް ރިސޯޓް މޯލްޑިވްސް' ގެ ނަަމަށް ރީބްރޭންޑް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
އެ އެއާޕޯޓް ތަރައްގީވެ ބޭރު ގައުމުތަކުން ޑައިރެކްޓް ފްލައިޓްގެ ދަތުރުތައް ފެށުމުން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ކުުރިއެރުން އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ އަކީ ބިން ބޮޑު ސިޓީއެއް ކަމަށާއި އަދި އިންފްރާސްޓަރަކްޗާ ތަރައްގީވެފައި އޮތުމުގެ ސަބަބުން ފަތުރުވެރިކަމުގެ ގިނަ ފުރުސަތުތައް އައްޑޫގައި އެބަހުރި ކަަމަށް ސައީދު ވިދާޅުވިއެވެ.