އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓަރނަލް އެފެއާޒް، ސުޝްމާ ސްވަރާޖް އާއި އެމްޑީޕީގެ ޕާލަނަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައްދަލުކުރައްވައިފި އެވެ.

ސުޝްމާ އިބޫއާ ބައްދަލު ކުރެއްވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތަފްސީލެއް "ސަން"އަށް ލިބޭ ގޮތެއް ނުވި އެވެ.

އިންޑިއާގެ އެކްސްޓަނަލް އެފެއާޒް، މިނިސްޓަރު ސުޝްމާ ސްވަރާޖް ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ ވެސް މިއަދު ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސަރުކާރަށް އިންޑިޔާ އިން އަބަދު ވެސް އެއްބާރުލުން ދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި، ބައިނަލްއަގްވާމީ މައިދާނުގައި ވެސް، މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައި ވެސް އިންޑިޔާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުވި އެވެ.