28 Mar 2011, 11:48
ނެސްލޯގެ މަޝްހޫރު މައިލޯއިން މިއަހަރަށް ނިއުރޭޑިއަންޓްގެ ފުޓްބޯޅަ ޓީމު ސްޕޮންސަރކޮށްފި އެވެ.
މިކަން އޮތީ ހޮނިހިރު ދުވަހު ހަވީރު ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި އޮތް ފުޓްބޯޅަ ހަވީރެއްގައެވެ. ނިއުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އިބްރާހީމް އާމިރެވެ. މައިލޯގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ބިޒްްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ދިޝާން އެވެ.
މައިލޯއަކީ ކުޅިވަރުގައި އެންމެ އާއްމު އެއް ނަމަށްވަނީ ވެފައެވެ. ފުޓްބޯޅަ އާއި ވޮލީގެ ގިނަ ހަރަކާތްތަކެއް އެ އުފެއްެދުމުގެ ނަމުގައި އަންނަނީ ސްޕޮންސަރކުރަމުންނެވެ.
މިއަހަރަށް ބޮޑެތި ގިނަ ޓީމުތައް މިހާރުވަނީ ސްޕޮންސަރކޮށްފައެވެ. ވީބީ ވަތަނިއްޔާއިން ސްޕޮންސަރކޮށްފައިވާއިރު ވިކްޓަރީގެ މިއަހަރުގެ ސްޕޮންސަރަކީވެސް ހިޓާޗީ އެވެ. މާޒިއާ ސްޕޮންސަރކޮށްފައިވަނީ އެލް މޯބައިލުންނެވެ.