ކޭބަލް ޓީވީ ތާރީހުގައި އެއް ސީޒަން އެއްގެ އެވަރެޖް ރޭޓިން އަކަށް އެންމެ މަތިން ލިބުން ސީރީޒް އަކަށް އޭމްސީގެ "ފިއާ ދަ ވޯކިން ޑެޑް"ގެ ފުރަތަމަ ސީޒަން ވެއްޖެ އެވެ.

އޭއެމްސީގެ "ދަ ވޯކިން ޑެޑް"ގެ ސްޕިން އޮފް އެއް ކަމަށްވާ ބިރުވެރި ސީރީޒް ފިއާ ދަ ވޯކިން ޑެޑްގެ ސީޒަން ފިނާލޭ މިދިޔަ ހަފްތާގެ އާދިއްތައިގައި ދެއްކި އިރު އެ އެޕިސޯޑަށް 10.11 މިލިއަން ވިއުސް ވަނީ އެމެރިކާ އިން ލިބިފަ އެވެ. އެއީ ސީރީޒްގެ އެންމެ ފުރަތަމަ އެޕިސޯޑަށް ލިބުން ވަރަށް ވުރެ މަދު އަދަދެކެވެ.

ޖުމްލަ ހަ އެޕިސޯޑު ހިމެނޭ ފިއާ ދަ ވޯކިން ޑެޑްގެ ފުރަތަމަ ސީޒަން އަށް ވަނީ އެވަރެޖްކޮށް 11.2 މިލިއަން ވިއުސް ލިބިފަ އެވެ.

ފިއާ ދަ ވޯކިން ޑެޑް ފިޔަވާ އެ ލިސްޓުގައި ހިމެނެނީ ފޮކްސްގެ "އެމްޕަޔާ" އާއި އެންބީސީގެ "ހީރޯސް"ގެ އޮރިޖިނަލް ސީރީޒް އެވެ.

ފިއާ ދަ ވޯކިން ޑެޑް އަށް ލިބުން ކާމިޔާބީ އާ ގުޅިގެން އޭއެމްސީ އިން ވަނީ އަންނަ އަހަރު ސީރީޒްގެ ދެ ވަނަ ސީޒަން އެއް ނެރުމަށް ޓަކައި ތައްޔާރު ކުރުމަށް އަންގާފަ އެވެ. އެގޮތުން އޭއެމްސީ އިން ބުނީ ދެވަނަ ސީޒަން އަންނަނީ 15 އެޕިސޯޑާ އެކު އެވެ.

ވޯކިން ޑެޑްގެ ވާހަކައިން ބައެއް ނަގައިގެން ތައްޔާރުކޮށްފައިވާ ފިއާ ދަ ވޯކިން ޑެޑްގައި ދައްކައިދޭނީ ލޮސް އެންޖެލެސްގައި ފާޑެއްގެ ވައިރަހެއް ފެތުރެމުން އަންނަ ކަމާ ގުޅިގެން ވާ ކަންތަކުގެ މައްޗަށެވެ.