11 Oct 2015, 15:01
އަންނަ އަހަރު ފްރާންސް ގައި ބާއްވާ ޔޫރޯ މުބާރާތުގެ ޖާގައެއް އިޓަލީން ހޯދިއިރު ނެދަލެންޑްސްއަށް ކޮލިފައިވުމުގެ އަމިއްލަ ބާރުކެނޑި ޕްލޭއޮފް ކުޅެން ޖެހިއްޖެއެވެ.
އިޓަލީ މުބާރާތަށް ކޮލިފައިވީ، އަޒަރްބައިޖާންއާ ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.
އަޒަރްބައިޖާންގެ ދަނޑުގައި ކުޅުނު މި މެޗުގައި އިޓަލީން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ސިޓަޑިން މާޓިންސްއެވެ.
ނަމަވެސް މެޗުގެ 31 ވަނަ މިނެޓްގައި އަޒަރްބައިޖާންގެ ނަޒަރޯވް ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، އަލް ޝަރާވީ ވަނީ އިޓަލީއަށް ދެވަނަ ފަހަރަށް މި މެޗުގައި ލީޑުނަގައިދީފައެވެ.
މި މެޗުން އިޓަލީއަށް 3 ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ޑާމިއަންއެވެ.
މި މޮޅާއެކު އިޓަލީ އޮތީ، ގްރޫޕް އެޗްގެ އެއްވަނައިގައި 21 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 19 ޕޮއިންޓާއެކީ ނޯވޭ އޮތްއިރު، ތިންވަނައިގައި 17 ޕޮއިންޓާއެކީ އޮތީ ކްރޮއޭޝިއާއެވެ.

ޔޫރޯ ކޮލިފިކޭޝަންގައި ރޭ ނެދަލެންޑްސްއާއި ކަޒަކިސްތާން ބައްދަލުކުރި މެޗްގައި ނެދަލެންޑްސް ކުޅުންތެރިން ލަނޑު ޖެހުމަށަފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ނެދަލެންޑްސް ރޭ ކޮލިފައިންގައި ކަޒަކިސްތާން އަތުން 2-1 އިން މޮޅުވެ ކޮލިފައިވުމުގެ އުއްމީދު އާކުރި ނަމަވެސް އެ ޓީމަށް މިހާރު އޮތީ ކޮލިފައިވުމުގެ އަމިއްލަ ބާރު ކެނޑިފައެވެ.
ރޭގެ މޮޅާ އެކު ނެދަލެންޑްސް އޮތީ 13 ޕޮއިންޓާ އެކު ގްރޫޕް އޭ ގެ ހަތަރު ވަނައިގަ އެވެ.
ނެދަލެންޑްސް ކޮލިފައި ވުމުގެ ފުރުސަތު މިހާރު އޮތީ ޕްލޭއޮފް ކުޅެގެންނެވެ. އެ ފުރުސަތު ލިބެނީ އަންގާރަ ދުވަހުގެރޭ ޗެކް ރިޕަބްލިކް އަތުން ނެދަލެންޑްސް މޮޅުވެ އަދި އައިސްލެންޑް އަތުން ތުރުކީ މޮޅުނުވެއްޖެ ނަމަ އެވެ.
ރޭ ރަށުން ބޭރުގައި ނެދަލެންޑްސް ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޖެއޮޖީނިއޯ ވިނަލްޑަމް އާއި ވެސްލީ ޝްނެއިޑާ އެވެ.
ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު ނޯވޭ އާއި ކްރޮއޭޝިއާ އަށް ވެސް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ. ގްރޫޕުގެ ތިން ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.