އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގެ 2009 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއަށް ލިބެން އޮތް ޖާގަ ފަހުވަގުތު ހޯދި ބަންގަލްދޭޝްއަށް މިފަހަރުގެ ކޮލިފައިންގައި ނާކާމިޔާބީއާއި ކުރިމަތިވެއްޖެ އެވެ.

ރާއްޖޭގައި ކޮލިފައިން އޮތް ތާރީޚުގައި މިޔަންމާގައި ކުރިއަށްދިޔަ ކޮލިފައިންގައި ބަންގްލްދޭޝްއަށް ލިބުނީ 3 ވަނަ އެވެ. އެޓީމު ކުޅުނު 3 މެޗުގެ ތެރެއިން މޮޅުވީ މިޔަންމާއާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ގްރޫޕްގައި ހިމެނޭ ފަލަސްތީން އަތުން 2-0 ލަނޑުން އަދި ޕިލިޕީންސް އަތުން 3-0 ލަނޑުން އެޓީމު ވަނީ ބަލިވެފައެވެ. މޮޅުވީ މިޔަންމާ އަތުން 2-0 ލަނޑުންނެވެ. އެހެންކަމުން އެޓީމަށް 3 ވަނަ ލިބުނީ އެންމެ 3 ޕޮއިންޓާއެކުގައެވެ.

މިސަރަހައްދުގެ ފުޓްބޯޅައިގައި ރާއްޖެއާއި ވާދަވެރި ޕާކިސްތާންވެސް ވަނީ އަންނަ އަހަރުގެ ޗެލެންޖްކަޕަށް ކޮލިފައިނުވެ ކަޓާފައެވެ. ބީ ގްރޫޕްގައި ހިމެނުނު ޕާކިސްތާން ކެޓި ނަމަވެސް މި ގްރޫޕުން 1 ވަނަ ހޯދީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި މަޝްހޫެރުވެފައިވާ އިންޑިއާ އެވެ. އިންޑިއާ 2 މެޗުން މޮޅުވެ އެއްމެޗު އެއްވަރުކޮށް ރާއްޖެ އާއި އެއްވަރަށް ވަނީ ޕޮއިންޓް ހޯދާފައެވެ.

ޕާކިސްތާން 3 ވަނައަށް ދިޔައީ އެންމެ މެޗަކުން މޮޅުވުމުންނެވެ. އެއީ ޗައިނީޒް ތައިޕޭ އަތުންނެވެ.
ޗެެލެންޖްކަޕް ކޮލިފައިންގައި ނުކުޅެ ބާކީ މިހާރު އޮތީ ޑީގެ މެޗުތައް އެކަންޏެވެ. މި ގްރޫޕަކީ ސާކްގެ 3 ގައުމު ހިމެނޭ ގްރޫޕެކެވެ. އެއީ ސްރީލަންކާގެ އިތުރުން މުބާރާތް ބާއްވާ ނޭޕާލާއި އަފްއާނިސްތާނެވެ. މިގްރޫޕުން އެންމެ ވަރުގަދަވާނެ ކަމަށް ބެލެވެނީ އެންމެފަހުގެ ވޯލްޑްކަޕްގައިވެސް ކުޅެފައިވާ އުތުރު ކޮރެއާ އެވެ. މިގްރޫޕްގެ މެޗުތައް ފަށާނީ އޭޕްރީލް 7 ގައެވެ.