11 Oct 2015, 13:15
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދަކީ ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިއަދު ސަން އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅުގައި އެއްޗެއްގޮވި ހާދިސާ ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖަމްޝީދަށް އޭނާ ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށެވެ.
ޖަމްޝީދު އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި އިރު އޭނާ ހުންނެވީ ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެ މަގާމުން ވަކުކޮށްފަ އެވެ.
ނޭޝަނަލް އިންކުއަރީ ކޮމިޝަން ހިންގެވުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަވާލުކުރައްވާފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ އެވެ.
ތަހުގީގާ ގުޅޭ ގޮތުން އުމަރު ވިދާޅުވެފައި ވަނީ ތަހުގީގަށް ކުރިއެރުންތަކެއް އަންނަނީ ލިބެމުން ކަމަށެވެ.