އިންޑިއާގެ މަޝްހޫރު ބޭންޑެއްކަމަށްވާ ސަނަމް ބޭންޑުން ދެފަހަރެއްގެ މަތިން ރާއްޖޭގައި ޝޯ ދީފައިވާ އިރު ދެ ފަހަރު ވެސް ސަނަމްއާ އެއްކޮށް ލަވަކިޔުމުނުގެ ފުރުސަތު ލިބިފައި ވަނީ މީރާ އަށެވެ. އެކަމާ މީރާ ވަނީ އުފާކޮށްފަ އެވެ.

މީރާގެ ލަވަކިޔުމުގެ ހުނަރާއި ބެހޭ ގޮތުން މީގެ ކުރިން ސަނަމް ބުނެފައި ވަނީ މީރާ އަކީ ހުނަވެރި ލަވަކިޔުންތެރިއެއް ކަމަށެވެ. މިފަހަރު މީރާއަށް މި ލިބުނީ ސަނަމްއާ އެކު މުޅިން އާ ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތެވެ. ސަނަމް ބޭންޑުން ވަނީ އެމީހުން ތައްޔާރުކުރާ ވީޑިއޯ ލަވައިގެ އަންހެން ފަންނާނަކަށް މިރާ އިހްތިޔާރުކޮށްފަ އެވެ.

ޖުލައި 22، 2015: އިންޑިއާގައި މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ "ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް"ގައި ޕާފޯމްކުރުމަށް ރާއްޖެ އައުން -- ސަންފޮޓޯ/ އަލީ ނަސީރު

ސަނަމް ބޭންޑުން ހުށަހެޅި އެ ފުރުސަތާ އެކު މިރާ ވަނީ އެނާގެ ފޭސްބުކް ޕޭޖުގައި އެކަމުގެ އުފާ ހިއްސާކޮށްފަ އެވެ. މިރާ ބުނީ އެއީ ވަރަށް އުފާވެރި ހިތްގައިމު ފުރުސަތެއް ކަމަށެވެ. އަދި އެލަވައިގެ ކަންކަން ކުރުމަށް ކެއްމަދުވެފައިވާ ކަމަށް މީރާ ވަނީ ބުނެފަ އެވެ.

Cant wait :) So excited and happy and honoured for this wonderful amazing opportunity.

Posted byMira Mohamed MajidonSaturday, 10 October 2015

ސަނަމް ބޭންޑުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ " ސަނަމް ސިންގަލް " ގެ ނަމުގައި އެމީހުން ތައްޔާރު ކުރާ ލަވަތަކެއްގެ މަސައްކަތް ރާއްޖޭގެ ރީތި ލަވަކިޔުންތެރިޔާ މީރާ އާއި އެކު ކުރިއަށްދާ ކަމަށެވެ.

އައްޑޫގައި މިދިއަ ހުކުރު ދުވަހުގެ ރޭ ސަނަމް ބޭންޑުން ޝޯ ދީފައިވާއިރު ބޭންޑުގެ ބައިވެރިން ތިބުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ ހެރަތެރަ އައިލެންޑް ރިސޯޓުގަ އެވެ. އެނގިފައިވާ ގޮތުގައި ސަނަމް ބޭންޑުގެ ވީޑިއޯ ލަވަ ކުޅެންވެސް ހަމަޖެހިފައިވަނީ އެ ރިސޯޓުގަ އެވެ.

#SANAMsingle with the gorgeous Maldivian singer Mira. Work in progress.... :) :)

Posted bySanamonSaturday, 10 October 2015

ރާއްޖެއަށް އެންމެފުރަތަމަ ސަނަމް ބޭންޑުން އައިސްފައިވަނީ "ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" ޝޯގައި ޕާފޯމްކުރުމަށް މިއަހަރު ޖުލައި މަހުގެ ތެރޭގަ އެވެ. އޭރު ސަނަމް ބޭންޑުން ވަނީ ރާއްޖޭގެ ހިތްގައިމުކަމަށް ތައުރީފުކޮށްފަ އެވެ.

ސަނަމް ބޭންޑުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ރާއްޖޭގެ ހިތްގައިމުކަމާ ރީތިކަން ދައްކުވައިދޭ ތަފާތު ޕޯސްޓުތަށް ކޮށްފައިވާއިރު، އެތަނުން އެއް ޕޯސްޓުގައި ބުނެފައި ވަނީ ރާއްޖޭގެ ހިތްގައި މޫދުން އުފާލިބިގަންނަނީ ކަމަށާއި ސަނަމް ބޭންޑު ރޭއްޖެ ދެކެ ލޯބިވާ ކަމަށެވެ.

ޖުލައި 25، 2015: "ވިޒިޓް މޯލްޑިވްސް އިޔަރ މިއުޒިކް ފެސްޓިވަލް" ޝޯގެ ތެރެއިން --- ފޮޓޯ/ރައީސް އޮފީސް

ފޭސްބުކްގައި ސަނަމް ބޭންޑުން ކުރާ ކޮންމެ ޕޯސްޓެއްގައިވެސް ރާއްޖޭގެ ހިތްގައިމު ވާހަކަ ވަނީ ދައްކާފަ އެވެ. ބެލެވޭގޮތުން ސަނަމް ބޭންޑުން ރާއްޖޭގައި ވީޑިއޯ ލަވަކުޅެން ނިންމާފައި މިވަނީ ރާއްޖޭގެ ހިތްގައިމު މާހައުލު ކަމުގޮސްގެނެެވެ.