11 Oct 2015, 12:31
ދައުލަތުގެ އާމްދަނީގެ ގޮތުގައި ފާއިތުވި މަހުގެ 10.4 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ވަނީ 9 ބިލިއަން ރުފިޔާ ލިބިފަ އެވެ.
މީރާ އިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީން ނެވެ. އެއީ 4.6 ބިލިއަން ރުފިޔާ އެވެ. ވިޔަފާރީގެ ފައިދާ (ބީޕީޓީ)ގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ލިބިފަ އެވެ.
މިދިޔަ މަހު އެކަނި ލިބިފައިވާ އާމްދަނީ އަށް ބަލާ އިރު، 889 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ޑޮލަރުން ދައްކާފައިވާ 40.7 މިލިއަން ޑޮލަރު ހިމެނެ އެވެ.
މީރާ އަށް ވަނީ ވިޔަފާރީގެ ފައިދާގެ ގޮތުގައި 71.3 މިލިއަން ރުފިޔާ ލިބިފަ އެވެ.
މިދިޔަ މަހުގެ ނިޔަލަށް ލިބުނު އާމްދަނީ މީރާ އިން ލަފާކޮށްފައިވާ ވަރަށް ވުރެ ޕަސެންޓް މަދު އަދަދެއް ކަމަށެވެ.
މީރާ އަށް ލިބޭ އާމްދަނީ ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.