11 Oct 2015, 11:58
އެސްޓީއޯ އިން މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ބޮނަންޒާ" ލަކީޑްރޯގެ ނަސީބުވެރިން ހޮވައިފި އެވެ.
އެ ޕްރޮމޯޝަނަކީ ސަންލޭންޑް ޓްރެވަލް އާއި ގުޅިގެން އެސްޓީއޯ އިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. މުޅި ޕްރޮމޯޝަންގައި ވަނީ 10 ނަސީބުވެރިއަކަށް އަގުހުރި އިނާމުތައް ހަދިޔާކޮށްފަ އެވެ.
އެ ލަކީޑްރޯގައި ބައިވެރިވުމަށްޓަކައި އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރަތަކުންނާއި ސަންލޭންޑް ޓްރެވަލް ޓިކެޓް ކައުންޓަރުތަކުން ކުރާ 1000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ނަސީބުކޫޕަނެއް ލިބެއެވެ.
ޕްރޮމޯޝަންގެ އެއްވަނަ އަށް އިންޑޮނޭޝިއާއަށް ހަތަރު ދުވަހުގެ "ބާލި ދަތުރެއް" ދެމީހަކަށް ލިބޭއިރު ދެވަނަ އަށް ލިބެނީ ސަންލޭންޑް ރިސޯޓަށް ދަތުރެކެވެ. ތިންވަނައަށް ލިބޭ އިނާމަކީ ސިންގަޕޫރު ދެކޮޅު ޓިކެޓެވެ.
އެއްވަނަ:
ކޫޕަން ނަންބަރު27213އަށް.- ދެވަނަ:ކޫޕަން ނަންބަރު03053އަށް
- ތިންވަނަ: ކޫޕަން ނަންބަރު46765އަށް
- ހަތަރުވަނަ: ކޫޕަން ނަންބަރު38241އަށް. އިނާމަކަށް ހިޓާޗީ އިންވާޓާ އެއާކޯނެއް
- ފަސްވަނަ: ކޫޕަން ނަންބަރު16107އަށް. އިނާމަކަށް ހިޓާޗީ އައިސްއަލަމާރި އެއް
- ހަވަނަ: ކޫޕަން ނަންބަރު40013އަށް. އިނާމަކަށް މަކިޓާ ކޯޑްލެސް ކޮމްބޯކިޓް
- ހަތްވަނަ: ކޫޕަން ނަންބަރު03073އަށް. އިނާމަކަށް ފިލިޕްސް އެއާފްރަޔާ އެއް
- އަށްވަނަ: ކޫޕަން ނަންބަރު44003އަށް. އިނާމަކަށް ފިލިޕްސް އެސްޕްރެސޯ މެޝިނެއް
- ނުވަވަނަ: ކޫޕަން ނަންބަރު39491އަށް. އިނާމަކަށް ފިލިޕްސް ރައިސް ކުކާ އެއް
- ދިހަވަނަ: ކޫޕަން ނަންބަރު40180އަށް. އިނާމަކަށް މެކްޓެކް ހެމާ ޑްރިލް އެއް
އެސްޓީއޯ އިން މިއަދު ވަނީ އެ ކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ވެސް އަގުހެޔޮކޮށްފަ އެވެ. އެގޮތުން ކޮންސްޓްރަކްޝަން ސާމާނުން ވަނީ 10 ޕަސެންޓާ 15 ޕަސެންޓާ ދެމެދު އަގުހެޔޮކޮށްފަ އެވެ.