14:30


މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ކަމަށްރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ.


މި މަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު ސީސްކޭޕް އަސްލަމް މުޙަންމަދު ޝާކިރެވެ. އޭނާ މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގަ އެވެ.


އަސްލަމް މުޙަންމަދު ޝާކިރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައި އަސްލަމް ޝާކިރު ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވި އެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމަށް އަސްލަމް ޝާކިރު މިބަދަލުކުރެއްވީ، ފިނޭންސް މިނިސްޓްރީގެ ޕްލޭނިން ސެކްޝަންގެ މަސައްކަތްތައް އިތުރުވެފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.