11 Oct 2015, 08:59
މިއަދު ހެނދުނު އައްޑޫ ސިޓީގެ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ވެސް ވަނީ މިއަދު ހެނދުނު ލިންކްރޯޑްގައި އެކްސިޑެންޓެއް ހިނގާފައިވާ ކަަން ޔަގީންކޮށްދީފައެވެ. އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭނގެއެވެ.
އެ ތިން މީހުންނަށް ވެސް ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެކްސިޑެންޓްވި އެއް ސައިކަލް ދުއްވަން އިނީ ދެމަފިރިއެއް ކަމަށާއި އަނެއް ސައިކަލް ދުއްވަން އިނީ އައްޑޫ ހައިސްކޫލްގެ ދަރިވަރެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ މޫސާ ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާ ލިބުނު ތިން މީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށާއި އެމީހުންނަަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް ކަމަށް ނުބެލެވޭ ކަމަށެވެ.
"މިހާރު ދަނީ ޓެސްޓުތައް ހަދަމުން. އޭރުން އެނގޭނީ ކިހާވަރެއްގެ އަނިޔާއެއްކަން ލިބިފައި ވަނީ،" އަލީ މޫސާ ވިދާޅުވި އެވެ.