10 Oct 2015, 22:55
މޯލްޑިވް ގޭސް ހޯދަން ގުޅާ ހޮޓްލައިން ނަންބަރު 1616 އަށް ބަދަލުކޮށްފި އެވެ.
ނަންބަރު ބަދަލުކުރުމަށް މޯލްޑިވް ގޭސް އިން މިރޭ ވަނީ ދަރުބާރުގޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި 1616 ގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ، މިއަދުން ފެށިގެން ކަސްޓަމަރުން ގޭސް ހޯދަން ގުޅާނީ 1616 އަށް ކަމަށެވެ. އަދި ކުރީގެ ނަންބަރަށް ގުޅިޔަސް ގޭސް ލިބޭނެ ކަމަށާއި ނަމަވެސް އެ ނަންބަރަށް ގުޅުމުން ގޭސް ލިބޭނީ ކުރިއަށް އޮތް ތިން ހަފްތާގައި ކަމަށެވެ.
މައުމޫން ވިދާޅުވީ ގޭސް ޑެލިވަރީކޮށް ދޭ ވަގުތު އިތުރަށް އަވަސްކުރަން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ލުއިކޮށްދިނުމަށްޓަކައި މިހާރުވެސް ގިނަވެގެން 10 ވަރަކަށް ސިކުންތު ތެރޭގައި ހޮޓްލައިނުން ޖަވާބުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްވެރިންނާނި ބައެއް މަޖިލިސް މެންބަރުން ބައިވެރިވި އެވެ.