10 Oct 2015, 21:39
ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ ހެޑަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވަކިކޮށް، އެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އަހުމަދު އަރީފް މިއަދު އައްޔަންކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުން ދުރުކުރި ޖަމްޝީދަކީ ރިޔާސީ ލޯންޗުކޮޅުގައި ހިންގި ހާދިސާ ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރެކެވެ.
އޭނާ އެ މަގާމުން ވަކިކުރައްވައި އަލުން އައްޔަން ކުރެއްވި އަރީފަކީ ކުރިން ވެސް ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ ހެޑުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ޖޫން، 30، 2015،ގައި އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ ހެޑަކަށް ޖަމްޝީދު އަރީފު އެ މަގާމުން ދުރު ކުރެއްވުމަށް ފަހު އެވެ. އަރީފު ބަދަލު ކުރެއްވީ ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓުގެ ވެރިޔާގެ މަގާމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިސް މަގާމުތަކަށް ބަދަލު ގެންނަނީ ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިޝަނާ އޮފް ޕޮލިސް ކަމަށެވެ. ފުލުހުންގެ އިސް މަގާމުތަކަށް ގެނައި ބަދަލާ ގުޅޭ ގޮތުން ކޮމެންޓެއް ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.