10 Oct 2015, 21:23
ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިޔާމް (ތެމާ ޝިޔާމް) އާއި އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) މަގާމުން ވަކިކޮށްފި އެވެ.
ޝިޔާމާއި މުއާ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ހިންގެވުމުގަ އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކި ކުރި ސަބަބެއް ނޭނގެ އެވެ.
ޝިޔާމް ސަން އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރި ވާހަކައަކީ "ތެދެއް" ކަމަށާއި ނަމަވެސް މަގާމުން ވަކިކުރިކަން އަންގާފައި ނުވާ ކަމަށެވެ.
އެމްޕީއެލްގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ އެމްޕީއެލްގެ ބޯޑު މެމްބަރުކަމުން ވަކިކުރި ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ.
ސަރުކާރުން ވަނީ އެމްޕީއެލް ހިންގުމަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި މަހުދީ އިމާދު ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަށް ބަދަލުކޮށްފަ އެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައި ވަނީ އެ ކުންފުނީގެ ބޯޑުގެ ޗެއާމަން މުހައްމަދު ޖުނައިދެވެ.