10 Oct 2015, 15:54
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން 16 ގައިދީއަކު މި އަހަރުގެ ސެކެންޑްރީ ސުކޫލް ސެޓުފިކެޓު (އެސްއެސްސީ) އިމްތިހާނުގައި ބައިވެރިވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އެ އިމްތިހާނުގައި ބައިވެރިވި 16 ގައިދީންގެ ތެރޭގައި 11 ފިރިހެން ގައިދީންނާއި ފަސް އަންހެން ގައިދީން ހިމެނޭ ކަމަށެވެ. އަދި ބުނީ އެ އިމްތިހާނުގައި ބައިވެރިވި 16 ގައިދީންނަށް ކިޔަވައިދީ ޓެސްޓަށް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދީފައި ވަނީ ކަރެކްޝަނަލް ސާވިސްއާ ގުޅިގެން އިނިސްޓިޓިއުޓް އޮފް ހޮލީ ގްރުއާން އެންޑް ސުންނަތުން ކަމަށެވެ.

ހުކުމް ތަންފީޒު ކުރަމުންދާ އަންހެން ގައިދީންތަކެއް: މިއަހަރުގެ އެސްއެސްސީ އިމްތިހާނުގައި ފަސް އަންހެން ގައިދީއަކު ވަނީ ބައިވެރިވެފައި -- ފޮޓޯ/ ކަރެކްޝަނަލް ސާވިސް
ކަރެކްޝަނަލް ސާވިސް އިން ބުނީ މި އަހަރުގެ އިމްތިހާނުގައި އިސްލާމު އެ މާއްދާއިން ހަމައެކަނި ބައިވެރިވި ކަމުގައިވި ނަމަވެސް އަންނަ އަހަރުން ފެށިގެން އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.