09 Oct 2015, 20:17
ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ފަރާތުން 410 ގަސް އިންދައިފި އެވެ.
ކުޅުދުއްފުށި އޮންލައިން އިން ބުނެފައިވަނީ މިއަދު ހަވީރު ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ގަސް އިންދާފައިވަނީ އެ ރަށުގެ އަލަށް ހިއްކާފައިވާ ސަހަރައްދުގައި ކަމަށެވެ.
އެހަރަކާތުގައި ކުޅުދުއްފުށީ ސްކޫލުތަކުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެގެން އުޅޭ ދަރިވަރުންނާ އުމުރުން ދުވަސް މީހުންނާއި ހދ އަތޮޅު ކައުންސިލަރުންނާ ރަށު ކައުންސިލަރުންގެ އިތުރުން ކުޅުޅުދުއްފުށީ އެކި މުވައްސަސާތަކުގެ މުއައްޒަފުން ހިމެނެއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ މިއަދުގެ ޒުވާނުން އުމުރުން ދުވަސް މީހުންނަށް އަޅައި ނުލައި ދޫކޮށްލައިފި ނަމަ މާދަމާ އެމީހުންނަށް އަޅައި ލައި އޯގާތެރިކަމެއް ނުހިތާނެ ކަމަށެވެ.
ޖުމްލަ 410 ގަސް އިންދާފައިވާއިރު އެއަދަދަކީ ކުޅުދުއްފުށީ ކައުންސިލްގެ ދަފްތަރުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު ކަމަށް ކުޅުދުއްފުށީގެ ނޫހެއް ކަމަށްވާ "ކުޅުދުއްފުށި އޮންލައިން" އިން ބުންޏެވެ.
ބައިނަލްއަގުވާމީ އުމުރުން ދުވަސް މީހުންގެ ދުވަހަކީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހެވެ. އެ ދުވަސް ރަސްމީގޮތެއްގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރަން ފަށާފައިވަނީ 1991 ވަނަ އަހަރެވެ.