ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހިންމަފުށީ ޖަލުގައި އުޅުއްވާ "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓު"ން އެއްޗިހި ތަކެއް ފެނުނު މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ހިންމަފުށި އައްސޭރި ޖަލު ގޮޅިން އެއްޖެހިތަކެއް ފެނުނު މައްސަލަ ތަހުހީގް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެގޮޅިން ފެނުނު ތަކެއްޗާއި ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ޒަމީރު ވިދާޅުވީ އެ ޔުނިޓު ބަލައި ފާސްކުރުމުން އެއްޗިހިތަކެއް ފެނިފައިވީ ނަމަވެސް އެކަމުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.