އެޓާނީ ޖެނެރަލްގެ އޮފީހުގެ ސޮލިސިޓާ ޖެނެރަލްގެ މަގާމަށް، މިނިސްޓަރު އޮފް ސްޓޭޓް ފެންވަރުގައި، ވ. ވިލިނގިލީ ނަޖުހިޔާ އަލްއުސްތާޛު އިބްރާހީމް ރިފްއަތު، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.

މީގެއިތުރުން، އެއޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމަށް ގަލޮޅު ސައިމާ އަލްއުސްތާޒާ އައިޝަތު ބިޝާމް ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ. އައިޝަތު ބިޝާމް، މިމަގާމަށް އައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.