LIVE Blog - WCQ2018: Dhagandeyge Hat-trick aa eku Bhutan athun 3-4 in Raajje molhuvejje | #BHUMDV
LIVE Blog - WCQ2018: Dhagandeyge Hat-trick aa eku Bhutan athun 3-4 in Raajje molhuvejje | #BHUMDV

Last Updated:
1 decade 2 month ago

ދަގަނޑޭގެ ހެޓްރިކާއެކު ބޫޓާން އަތުން ރާއްޖެ މޮޅުވެއްޖެ

    ބުލޮގު ޚުލާސާ

    ވޯލްޑް ކަޕް ކޮލިފައިން އޭޝިއާ ޒޯންގެ ގްރޫޕް 'ސީ'ގައި ބޫޓާނާ ރާއްޖެ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

    19:04އަޙްމަދު މުޖްތަބާ

    ވޯލްޑް ކަޕް 2018 ކޮލިފައިންގެ ގްރޫޕް ސްޓޭޖްގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު 3-4 ލަނޑުން ރާއްޖެ ކާމިޔާބުކޮށްފި އެވެ. މި މެޗުގައި ރާއްޖޭގެ ކެޕްޓަންއަލީ އަޝްފާގު(ދަގަނޑޭ) ވަނީ 3 ލަނޑުޖަހައިފައެވެ.

    މި މެޗުގައި ބޫޓާނުން ޖެހި 3 ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ، މެޗު ނިމެން ވަރަށް ކައިރި ވެފައި ވަނިކޮށެވެ.

    ބޫޓާންގެ ވެރިރަށް ތިންޕޫގެ ޗަންގްލިމިތަން ސްޓޭޑިއަމްގައި ކުޅުނު އޭޝިއާ ޒޯންގެ ގްރޫޕް "ސީ"ގެ މެޗުގެ 11 ވަނަ މިނިޓްގައި ރާއްޖެއަށް ބޫޓާންގެ ގޯލް ހުޅުވާލަދިނީ، އަޙްމަދުނާޝީދު(ނާއްޓޭ) އެވެ. ނާއްޓޭ އެ ލަނޑު ކާމިޔާބުކުރީ، ބަކާ ވަރަށް ރީތިކޮށް ދިން ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

    ގައުމީ ޓީމްގެ އާ ކޯޗުރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ދެވަނަ ލަނޑު މެޗުގެ 23 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަންއަލީ އަޝްފާގު(ދަގަނޑޭ) އެވެ. ދަގަނޑޭ މި ލަނޑު ކާމިޔާބުކުރީއަހްމަދު އިމާޒް(އާއްކޮ) ވަރަށް ރީތިކޮށް ބޫޓާން ގޯލް އޭރިޔާ ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. ރާއްޖޭގެ ތިން ވަނަ ލަނޑު މެޗުގެ 33 ވަނަ މިނިޓްގައި ދަގަނޑޭ ކާމިޔާބުކުރީ، ނާއްޓޭ ވަރަށް ރީތިކޮށް ބޫޓާން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

    މެޗުގެ ދެވަނަ ހާފް 3 ލަނޑުގެ ލީޑަކާއެކު ފަށައިގެން ގޮސް ރާއްޖޭގެ ހަތަރު ވަނަ ލަނޑު 57 ވަނަ މިނިޓްގައި ދަގަނޑޭ ކާމިޔާބުކޮށްދިނީ ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑަށް ފަހު ދަގަނޑޭގެ ބަދަލުގައިމުހައްމަދު އުމޭރު ވަނީ ކުޅެން ނެރެފައެވެ.

    ބޫޓާންގެ ފުރަތަމަ ލަނޑު މެޗުގެ 85 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ،ޝެރިން ޑޯޖީއެވެ. ބޫޓާން ކުޅުންތެރިއަކު ރާއްޖޭ ގޯލަށް ފޮނުވާލި ހަމަލާ ކީޕަރުމުހައްމަދު އިމްރާންއަތުގައި ޖެހިފައި ޕެނަލްޓީ އޭރިޔާތެރެއަށް ނުކުތްވަގުތު ޖޯޑީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލަގެ މަތީ ކަނަށެވެ.

    މެޗުގެ 88 ވަނަ މިނިޓްގައި ބޫޓާންގެ ދެވަނަ ލަނޑު ޖަހައި ދިނީޗެންޗޯ ގައެލްޝަންއެވެ. ރާއްޖޭގެ ޑިފެންޑަރުން ކައިރިން ވަރަށް ފަސޭހަކަމާއެކު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ދެމިގަނެ ޗެންޗޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

    ބޫޓާންގެ ތިން ވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފުރަތަމަ މިނިޓްގައެވެ. އެޓީމަށް އެ ލަނޑު ޖަހައިދިނީ، ޒުވާން ފޯވާޑްބިރެން ބާސްނެޓްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޗެންޗޯ ރާއްޖޭގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

    މިމެޗުގައި ރާއްޖެ ކޮޅަށް ވަން ތިން ލަނޑުވެސް ވަދެފައި ވަނީ ޑިފެންސިން މިސްޓޭކްތަކެއްގެ ސަބަބުންނެވެ. މީގެ އިތުރުން މެޗުގައި ނަތީޖާފުޅާކުރަން ރާއްޖެއަށް ރަނގަޅު ދެތިން ފުރުސަތެއް ލިބި ވަނީ ބޭކާރު ވެފައެވެ.

    މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އެއްމެޗުން ލިބުނު 3 ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕް ސީގެ 4 ވަނައިގައެވެ. ހަތަރު މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ބޫޓާން ގްރޫޕުގެ ފުލުގައި އޮތް އިރު، ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން 9 ޕޮއިންޓް ހޯދައިގެން ގަތަރެވެ. އަދި ދެވަނަައިގައި އޮތީ، ތިން މެޗުން 7 ޕޮއިންޓާއެކު ޗައިނާއެވެ. ތިން ވަނައިގައި އޮތް ހޮންކޮންގަށް ވެސް ލިބިފައި ވަނީ 7 ޕޮއިންޓެވެ.

    މި ގްރޫޕްގައި މިއަދު ދެން ކުޅޭ މެޗުގައި ވާދަކުރާނީ ގަތަރާއި ޗައިނާއެވެ.

    18:59

    ވޯލްޑް ކަޕް 2018 ކޮލިފައިން ގްރޫޕް ސްޓޭޖްގައި މިހާތަނަށް ރާއްޖެއަށް ލިބުނު ފުރަތަމަ މޮޅު.

    18:57

    މެޗު ނިމިއްޖެ.

    18:56

    އިތުރު ވަގުތުގެ 5 މިނިޓް ހަމަވެއްޖެ.

    18:54

    ރާއްޖޭގެ ޑިފެންސް ލައިނަށް ގޯސްތަކެއް ހެދިގެން މިހާ ފަސޭހައި ބޫޓާނަށް ލަނޑުތައް ކާމިޔާބުކުރެވުނީ.

    18:53

    ރާއްޖެ ހަތަރު ލަނޑު ޖަހާފައި ވަނިކޮށް ބޫޓާނުން ފަހަތުން އަރައި 3 ލަނޑު ޖަހާފައި މިވަނީ މެޗު ނިމެން ވަރަށް ކުޑަތަން ވެފައި ވަނިކޮށް.

    18:53

    ފަސް ވަރަކަށް މިނިޓް ތެރޭ ރާއްޖޭ ގޯލަށް ބޫޓާނުން މިވަނީ ތިން ލަނޑު ޖަހާފައި.

    18:52

    ބޫޓާން 3 ވަނަ ލަނޑު ޖަހައިފި

    18:51

    ދެޓީމުގެ ފަރާތުން ވެސް ވަރަށް އަވަސް ކުޅުމެއް ފެނިގެން މިދަނީ.

    18:51

    އިތުރު ވަގުތުގެ 5 މިނިޓް ދައްކައިފި

    18:49

    ބޫޓާންގެ ޗެންޗޯ ވަރަށް ރީތިކޮށް ރާއްޖޭ ޕެނަލްޓީ އޭރިޔާތެރޭން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް. ބޫޓާނުން ކައިރި ކައިރީ ދެ ގޯލް މިޖެހީ.

    18:49

    ބޫޓާން ދެވަނަ ލަނޑު ޖަހައިފި.

    18:47

    ބޫޓާން ލަނޑު ކާމިޔާބުކުރީ އެޓީމުގެ 16 ނަންބަރު ކުޅުންތެރިޔާ

    18:46

    ބޫޓާނުން ލަނޑު ޖަހައިފި.

    18:40

    ބޫޓާން ކުޅުންތެރީން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރީ. ރާއްޖޭ ގޯލް އޭރިޔާ ތެރޭން ބޫޓާން ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަ ކީޕަރު އިމްރާން ވަރަށް ރީއްޗަށް މަތަކުރީ.

    18:38

    ބޫޓާންގެ 16 ނަންބަރު ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރީ. އެހެން ނަމަވެސް އޭނާ ހުރީ އޮފްސައިޑްގައި ކަމަށް ލައިންސްމަން ދެއްކީ.

    18:33

    ރާއްޖޭ ޓީމުން ބަދަލެއް.އަސްހަދު ޢަލީގެ ބަދަލުގައި ކުޅެން އެރީމުހައްމަދު އިރުފާން

    18:30

    ބަކާއަށް ރީނދޫ ކާޑެއް ދައްކައިފި.

    18:29

    ނާއްޓެ ވަރަށް ރީތިކޮށް ބޫޓާން ގޯލް އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އުމޭރަށް ގޯލްތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވި. ބޫޓާން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބޯޅަ ބޭރަށް. އެހެން ނަމަވެސް ރެފްރީ ދެއްކީ ގޯލް ކުރިމަތިން ޖެހުމެއް ކަމަށް.

    18:29

    އުމޭރު ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.

    18:29

    ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް. ފޮނުވާލަނީ އުމޭރު.

    18:27

    ބޫޓާންގެ 7 ނަމްބަރު ކުޅުންތެރިޔާ ރާއްޖޭ ހާފްގެ މެދެއްހާ ހިސާބުން ރާއްޖޭ ގޯލަށް އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ކީޕަރު އިމްރާން މަތަކުރީ.

    18:25

    މެޗުގެ64 މިނިޓްކުޅެވިއްޖެ.ރާއްޖެ 4-0 ބޫޓާން

    18:19

    ރާއްޖޭ ޓީމުންދަގަނޑޭގެ ބަދަލުގައިމުހައްމަދު އުމޭރު، ކުޅެން ނުކުމެއްޖެ.

    18:17

    ވަރަށް ރީތިކޮށް ބޫޓާން ގޯލްގެ ތިރީ ކަނަށް ޕެނަލްޓީ ފޮނުވާލައިގެންދަގަނޑޭމި މެޗުގައިހެޓްރިކެއްހެދީ.ރާއްޖެ 4، ބޫޓާނަށް ލަނޑެއް ނުޖެހޭ.

    18:17

    ބޫޓާން ޓީމުން ބަދަލެއް.

    18:17

    ރާއްޖެ ޕެނަލްޓީ ޖަހަނީ ދަގަނޑޭ.

    18:16

    ޕެނަލްޓީ އޭރިޔާތެރޭން ދަގަނޑޭއަށް ފައުލްކުރި ކުޅުންތެރިޔާ އަށިގަނޑުގައި ދަނޑުން ބާލައިފި.

    18:15

    ދަގަނޑޭ ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭން ބޯޅަ ހިފައިގެން ދަނިކޮށް ބޫޓާން ކުޅުންތެރިއަކު ފައުލުކުރުމުން ރާއްޖެއަށް ޕެނަލްޓީއެއް.

    18:13

    ބޫޓާން ޓީމުން ބަދަލެއް. 13 ނަމްބަރުގެ ބަދަލުގައި ކުޅެން ނުކުތީ 8 ނަމްބަރު ކުޅުންތެރިޔާ.

    18:11

    ބޫޓާންގެ ޕެނަލްޓީއޭރިޔާތެރެއަށް ނާއްޓެ ހުރަހެއް ނެގޭތޯ މަސައްކަތްކުރީ. އެހެން ނަމަވެސް ބޫޓާން ކުޅުންތެރީން ދިފާއުކުރީ.

    18:06

    ދެވަނަ ހާފްގެ ކުޅުން ފަށައިފި. ކިކްއޮފް ކުރީ ރާއްޖޭ ޓީމުން.

    18:05

    ދެވަނަ ހާފް ފެށުމަށް ދެ ޓީމުގެ ކުޅުންތެރީން މިހާރު ދަނޑަށް ނުކުންނަނީ.

    17:51

    ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.ރާއްޖެ 3-0 ބޫޓާން.

    17:50

    ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލި ބާރު ހަމަލާ ކީޕަރު ދިފާއުކޮށް ބޭރަށް ފޮނުވާލީ.

    17:49

    ބޫޓާން ކުޅުންތެރީން ކޯނަރަކަށް ބޯޅަ ބޭރުކޮށްލީ.

    17:49

    ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ބޫޓާން އޭރިޔާ ތެރޭން ބަކާ ބޮލުންޖަހައި ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.

    17:48

    ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް.

    17:47

    އިތުރު ވަގުތުގެ3 މިނިޓް

    17:47

    ފުރަތަމަ ހާފްގެ 45 މިނިޓްގެ ކުޅުން ނިމިއްޖެ. މިހާރު ކުޅެމުން ދަނީ އިތުރު ވަގުތު.

    17:46

    ރާއްޖޭ ޓީމުން ބަދަލެއް.އާއްކޮގެ ބަދަލުގައި ހަމްޒަތު މުހައްމަދު (ހަމްޕު) ކުޅެން އަރައިފި.

    17:45

    ބޫޓާންގެ ވަރުގަދަ ހަމަލާއެއް. ކީޕަރު އިމްރާން ދިފާއުކުރީ.

    17:44

    އާއްކޮއަށް އަނިޔާވެގެން އަށިގަނޑުގައި ދަނޑުން ބާލަނީ. ސީރިއަސް އަނިޔާއެއް ކަމަކަށް ނުބެލެވޭ.

    17:43

    ނާއްޓޭ ވަރަށް ރީތިކޮށް ބޫޓާން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް. އެހެން ނަމަވެސް ރާއްޖޭ ކުޅުންތެރިއަކަށް ބޯޅަ ލިބޭގޮތެއް ނުވި.

    17:39

    ކުޅުން ކުރިއަށް ދަނީ. މިހާރު ފުރަތަމަ ހާފްގެ 37 މިނިޓްގެ ކުޅުން ނިމިއްޖެ.

    17:38

    ދަގަނޑޭއަށް އަނިޔާވެގެން ކުޅުން މެދު ކެނޑިފައި.

    17:36

    އަނެއްކާވެސް ރާއްޖޭ ޓީމުން ނުރައްކާތެރި ހަމަލާއެއް. ދަގަނޑޭ ވަރަށް ބާރަށް ފޮނުވާލި ބޯޅަ ބޫޓާން ކީޕަރު ދިފާއުކުރީ.

    17:35

    ނާއްޓޭ ވަރަށް ރީތިކޮށް ބޫޓާން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލީ ދަގަނޑޭ ބޮލުން ޖަހައި.

    17:34

    ރާއްޖޭ ތިން ވަނަ ލަނޑު ޖަހައިފި. ލަނޑު ޖެހީދަގަނޑޭ

    17:33

    ދަގަނޑޭ ވަރަށް ރީތިކޮށް ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭގައި ހުހަށް ހުރި އާއްކޮއަށް ދިން ވަރަށް ރީތި ބޯޅައެއް. އާއްކޮއަށް ބޯޅަ ފޮނުވާލެވުމުގެ ކުރީން ބޫޓާން ކުޅުންތެރީން ދިފާއުކުރީ.

    17:33

    ބޫޓާނަށް ކޯނަރެއް.

    17:30

    ބޫޓާންގެ ޗެންޗޯ ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ކީޕަރު އިމްރާން އަތް ކައިރިންލާފައި ބޭރަށް.

    17:28

    ބޫޓާން ހާފް ތެރޭން ދަގަނޑޭއަށް ބޫޓާން ކުޅުންތެރިއަކު ނުރައްކާތެރި ފައުލެއް ކޮށްފި.

    17:26

    އަހްމަދު އިމާޒް (އާއްކޮ) ވަރަށް ރީތިކޮށް ބޫޓާން ގޯލް އޭރިޔާ ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލީ ކެޕްޓަންއަލީ އަޝްފާގު (ދަގަނޑޭ)

    17:25

    ރާއްޖެ ދެވަނަ ލަނޑު ޖަހައިފި

    17:21

    މި މެޗުގައި ޖެހި ލަނޑާއެކު ރާއްޖެއިން ވަނީ މިހަތަނަށް ބޫޓާން ކޮލަށް 22 ލަނޑު ޖަހާފައި. ބޫޓާނަށް ރާއްޖެ ކޮޅަށް ޖެހިފައިވަނީ އެންމެ ދެ ލަނޑު. އެއީ އެންމެ ފަހުން ނޭޕާލްގައި ކުޅުނު ސާފު ޗެމްޕިއަންޝިޕްގެ ގުރޫޕް ބީގައި.

    17:18

    ރާއްޖެއަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް. ދަގަނޑޭ ބޯޅަ ހިފައިގެން ބޫޓާން ގޯލަށް އެޓޭކް ކުރަން ދިޔަވަގުތު ބޯޅަ ދިފާއުކުރުމަށް ބޫޓާން ކީޕަރު ބޭރަށް ނުކުތީ. އެވަގުތު އަސަދުﷲއަށް ބޯޅަ ލިބުނީ. އެހެން ނަމަވެސް އަސަދުﷲއަށް ބޯޅަ ގޯލަށް އަމާޒެއް ނުކުރެވުނު.

    17:15

    ރާއްޖެ ލަނޑު ޖެހުމާއެކު ރާއްޖޭގެ ގޯލަށް ކައިރި ކައިރީގައި ބޫޓާނުން ނުރައްކާތެރި ދެހަމަލާއެއް ފޮނުވާލައިފި. ރާއްޖޭ ކުޅުންތެރީން ލަނޑު ޖެހުމަށް ފަހު މާބޮޑަށް ފަސޭހަކޮށްލީ ކަމަށް ބެލެވެނީ.

    17:13

    ބަކާ ވަރަށް ރީތިކޮށް ނާއްޓޭއަށް ދިން ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ ނާއްޓޭ.

    17:13

    ރާއްޖެ ލަނޑު ޖަހައިފި

    17:12

    ބޫޓާން ކުޅުންތެރީން ރާއްޖޭ ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރީ، އެހެން ނަމަވެސް ރާއްޖޭ ކުޅުންތެރީން ބޯޅަ ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާއިލީ.

    17:04

    ދަގަނޑޭއަށް ރީނދޫ ކާޑެއް ދެެއްކީ އޭނަ ބޯޅަ ހިފައިގެން ބޫޓާން ޕެނަލްޓީއޭރިޔާ ތެރެއަށް ވަންނަނިކޮށް ބޫޓާންގެ ކުޅުންތެރިއެއްގެ ފައިގައި އަޅައިގަނެފައި ވެއްޓުންމުން، ރެފްރީ ނިންމީ ޑައިވްކުރީ ކަމަށް.

    17:04

    ދަގަނޑޭއަށް ރީނދޫ ކާޑެއް.

    17:03

    ރާއްޖެއާ ބޫޓާން މީގެ ކުރިން ވަނީ ހަ ފަހަރަށް ބައްދަލުކޮށްފައި

    އެ ހަފަހަރުގެ ތެރެއިން ރާއްޖެއިން ވަނީ ފަސް ފަހަރަށް މޮޅުވެފައި. އަނެއް މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެން.

    17:03

    މެޗު ފަށައިފި. މެޗު ކިކްއޮފް ކުރީ ބޫޓާނުން

    17:00

    ބޫޓާންގެ ފުރަތަމަ އެގާރަ

    • ހަރީ ގުރަންގް -ގކ-

    • ޗިމީ ޑޯޖީ
    • ޖިމީ ޝެރިން ޑޯޖީ
    • ކަރުމާ ޝެޑްރަޕް ޝެރިން
    • ކަރުން ގުރުންގް
    • ކިންލޭ ވޮންޗުކު
    • ޑަވާ ޝެރިންގް
    • ޗެންކޯ ގިއެލްޝަން
    • ބިރެން ބާސްނެޓް
    • ލެންޑަޕް ޑޯޖީ
    • ކަރުމާ ނިޑަޕް
    16:59

    ބޫޓާންގެ ގައުމީ ސަލާމަށް ފަހު ދެޓީމުގެ ކުޅުންތެރީން ސަލާމްކުރަނީ.

    16:58

    ރާއްޖޭގެ ގައުމީ ސަލާމަށް ފަހު މިހާރު ކުރިއަށް ދަނީ ބޫޓާންގެ ގައުމީ ސަލާމް.

    16:56

    މިހާރު ކުރިއަށްދަނީ ރާއްޖޭގެ ގައުމީ ސަލާމް.

    16:55

    ރާއްޖޭ ޓީމުގެ ފުރަތަމަ 11:

    • މުޙައްމަދު ޢިމްރާން (ކުޑަ ޢިމްރާން)
    • ޝާފިއު އަހްމަދު (ޝާފީ)
    • މުޙައްމަދު ރަޝީދު (ހޮކޭ)
    • ޢަހްމަދު ޢަބްދުﷲ (ލިލީ)
    • އަޙްމަދު ނާޝީދު (ނާއްޓޭ)
    • މުޙައްމަދު ޢަރީފް (ބަކާ)
    • ސަމޫހް ޢަލީ
    • އަސްހަދު ޢަލީ (އަޑޭ)
    • އަހްމަދު އިމާޒު (އާއްކޮ)
    • އަސަދުﷲ ޢަބްދުﷲ (އަސައްކޮ)
    • ޢަލީ އަޝްފާޤް(ދަގަނޑޭ) -ކ-
    16:53

    ބޫޓާނާ ދެކޮޅަށް އެގައުމުގައި މިއަދު ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ދެޓީމުގެ ކުޅުންތެރީން މިހާރު ދަނޑަށް ނުކުމެއްޖެ.