10 Oct 2015, 12:50
"ހައި އެންޑް" ފޮޓޯގްރަފީ ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ "ލައިޓް" އިން 16 ލެންސް ހިމެނޭ ކެމެރާއެއް އުފައްދައިފި އެވެ.
"އެލް16"ގެ ނަމުގައި ލައިޓުން އުފައްދާފައިވާ ކެމެރާއަކީ ޑީއެސްއެލްއާރު ކެމެރާތަކާ ވާދަކުރެވޭނެ ކެމެރާއެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެލް16ގެ ކުރިމައްޗަށް ވާގޮތަށް އެކި ސައިޒުގެ 16 ލެންސް އިންނަ އިރު އެއިން ކޮންމެ ލެންސެއްގައި ވެސް 13 މެގަޕިކްސެލްގެ ސެންސަރެއް ވެއެވެ. އެ ކެމެރާ މޮޑިއުލްތައް ވަނީ ތިން ފޯކަލް ލެންތަށް ބަހާލެވިފައި ކަމަށް ލައިޓުން ބުނެފައިވެ އެވެ. އެގޮތުން 35 އެމްއެމްގެ ފަސް މޮޑިއުލް އާއި 70 އެމްއެމްގެ ފަސް މޮޑިއުލްގެ އިތުރުން 150 އެމްއެމްގެ ހަ މޮޑިއުލްއަށް ކެމެރާ ވަނީ ގްރޫޕްކޮށްފައެވެ.

ލައިޓް ކުންފުނީގެ ކެމެރާއަކީ ޑީއެސްއެލްއާރު ކެމެރާތަކާ ވާދަކުރާނެ ކެމެރާއެއް ކަމަށް އެ ކުންފުނިން ބުނޭ--- ފޮޓޯ: ދަ ވާޖް
ކެމެރާގެ ބޮޑީގައި ހުރިހާ އެއްޗެއް ފިޓު ކުރުމަށް ބޮޑެތި މޮޑިއުލްތައް ކަމަށްވާ 70 އެމްއެމްއާއި 150 އެމްއެމްގެ މޮޑިއުލްތައް ޔުޓިލައިޒް ކޮށްފައިވާ ކަމަށް ލައިޓުން ބުންޏެވެ. އެއަށް ދެވިފައިވާ ނަމަކީ "ފޯލްޑެޑް އޮޕްޓިކަލްސް" އެވެ.
ކެމެރާގެ ފަހަތުގައި ފަސް އިންޗީގެ ޓަޗް ސްކްރީން ޑިސްޕްލޭ އެއް އިންނާނެ އެވެ. ކެމެރާ ކޮންޓްރޯލް ކުރާނީ އެ ސްކްރީން ބޭނުންކޮށްގެނެންވެ.
ކެމެރާގެ ހުރިހާ ލެންސެއް ބޭނުން ކޮށްގެން 52 މެގަޕިކްސަލްގެ ފޮޓޯއެއް އުފެއްދޭނެ ކަމަށް ވެސް ލައިޓް އިން ބުންޏެވެ. އޭގެ ސަބަބުން ލޯ ލައިޓްގައި ވެސް ރީތި ފޮޓޯތައް ނެގުމުގެ އިތުރުން ފޮޓޯތަކުގެ ނޮއިސް ވެސް ކުޑަކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ލައިޓް ކުންފުނީގެ އެ ކެމެރާއަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އަދި އެ ކެމެރާތައް ނޮވެމްބަރުގައި ވިއްކަން ފަށާ އިރު ކެމެރާގެ އަގު 1،699 އެމެރިކާ ޑޮލަރަށް އަރާނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.