ލިޓަސް ކުންފުނިން މި މަހުގެ ކޮންމެ އަންގާރަ ދުުވަހަކާއި ބުދަ ދުވަހެއްގައި ސައިކަލް ހިލޭ ޗެކުކޮށްދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ލިޓަސް ހެލްތު ޗެކް"ގެ ނަމުގައި މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަނާ އެކު އާންމުން ގެންގުޅޭ ސައިކަލުތަކަށް މަސައްލައެއް ޖެހިފައިވޭތޯ ބެލުމަށް ސައިކަލުތައް ޗެކުކޮށްދޭނެ އެވެ.

މަސްދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ލިޓަސް އިން ޗެކް ކުރާނީ ސައިކަލްގެ ލައިޓާއި ބަރުގޮނާއި ސައިކަލްގެ ބޮޑީވޯކް އާއި ލޯގަނޑުތައް ރަނގަޅު ހާލެއްގައި ހުރިތޯ އެވެ. އޭގެ އިތުރުން ސައިކަލުގައި ތެޔޮ ބޭނުން ކުރުމާއި ކޫލެންޓް ލެވެލް އާއި ފުލުއިޑް ލީކްސް އާއި ކަޕްސެޓް އަދި ވައިބްރޭޝަން ވެސް ޗެކް ކުރާނެ އެވެ.

މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެ އިތުރުން ވެސް ކުރިއަށް އޮތް ތަނުގައި ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ލިޓަސް އިން ވަނީ ބުނެފައެވެ. ކުރިއަށް އޮތްތަނުގައި އިރުތު ހިދުމަތްތަތަކެއްވެސް ފޯރުކޮށްދޭނެ ކަމަށް ލިޓަސް އިން ބުންޏެވެ. އަދި ކައިރި މުސްތަގުބަލެއްގައި ލިޓަސްގެ ސްޕެއާ ޝޮޕެއް ހުޅުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.