07 Oct 2015, 20:28
ވެރިފަރާތަށް ނޭނގި އޭޓީއެމް މެދުވެރިކޮށް އެކައުންޓަކުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވިގެން އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، "އެމީހާ އަމިއްލައަށް މިރޭ އިރާކޮޅުގެ ވަގުތެއްގައި ވަނީ ފުލުހުންނާ ހަވާލުވެފައި. މިހާރު ވަނީ އެއީ ކާކުކަންވެސް ދެނެގަނެވިފައި،" ކަމަށެވެ.
އޭޓީއެމް މެދުވެރިކޮށް މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގިކަމުގެ ތުހުމަތުހައި ފުލުހުން ހޯދަމުން ދިޔަމީހާ ފެނުނު ނަމަވެސް އެމީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.
އެކައުންޓްގެ ވެރިފަރާތަށް ނޭނގި އޭޓީއެމްއެއް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި ފުލުހުން ހޯދަމުން ދިޔަ މީހާ ހޯދުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށްބުނެ ގައި ފެންނަނީ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން މިހާރު އެމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.