ވެރިފަރާތަށް ނޭނގި އޭޓީއެމް މެދުވެރިކޮށް އެކައުންޓަކުން ގިނަ ޢަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނީ މިހާތަަނަށް ފުލުހުން ކުރި މަސައްކަތުން އެމީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް އެނގިފައިވާ ނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އިލްތިމާސްކުރާކަމަށެވެ.