07 Oct 2015, 14:49
ހައުސިން މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީގެ ފޭދޫގައި ލޭންޑް ބިލްޑިން މުނިސިޕަލް ސާވިސް ޑިޕާޓްމަންޓެއް ހުޅުވައިފި އެވެ.
ފޭދޫގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޑިޕާޓްމަންޓް ރަސްމީކޮށް ހުޅުވައިދެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު އެވެ. އެ އިމާރާތަކީ ފޭދޫގެ ކުރީގެ އަވަށު އޮފީހެވެ.

ހައުސިން މިނިސްޓްރީން އައްޑޫގައި ހުޅުވި ޑިޕާޓްމަންޓް ---- ފޮޓޯ/ ހައުސިން މިނިސްޓްރީ
"ސަން" އަށް މައުލޫމާތު ދެއްވަމުން ޒިޔާދު ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ އޮފީހުން ލިބުނު ހިދުމަތްތައް މިހާރު ލިބޭނީ އެތަނުން ކަމަށެވެ.
އެގޮތުން ރެޖިސްޓްރޭޝަން އާއި އިމާރާތްތައް އެޅުމުގެ ހުއްދަތަކާއި ގޯތި އިން ވަކިކުރުން ފަދަ ހިދުމަތްތައް ފޭދޫގައި ހުޅުވި ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓުން ލިބޭނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ފޭދޫ ކުރީގެ އަވަށު އޮފީސް ދެން ބޭނުން ކުރަމުން އަންނާނީ ހައުސިން މިނިސްޓްރީގެ ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓުގެ ގޮތުގަ އެވެ.