07 Oct 2015, 14:21
އަންނަ ހޮނިހިރު ދުވަހު އޮންނަ ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިއީ އެ ކޮމިޝަނުގެ ފަސްވަނަ ބައްދަލުވުމެވެ. އެހެންނަމަވެސް ޖޮއިންޓް ކޮމިޝަނުގައި މަޝްވަރާކުރެވޭނެ ކަންތައްތަކެއް ރަސްމީކޮށް އެއްވެސް ގައުމަކުން ބުނެފައެއް ނުވެއެވެ. އެ ކޮމިޝަނުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ނެރެފަައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެކަމަނާ ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ ދައުވަތަކަށް ކަަމަށެވެ. އެހެން ނަމަވެސް އެކަމަނާ ރާއްޖެ ވަޑައިގަންނަވާ ދުވަހެއް އެ މިނިސްޓްރީން ނުބުނެއެވެ.
ސުޝްމާ ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެ އަށް ވަޑައިގެން ސަރުކާރުގެ އިސްއޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ.
އދ. ގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރު ދުންޔާ އާއި މިނިސްޓަރު ސުޝްމާ ވަނީ ބައްދަލުކުރައްވާފައެވެ. ރާއްޖެ އާއި އިންޑިއާ ދެމުދު 1986 ގައި އުފެއްދި ޖޮއިންޓް ކޮމިޝަން އަކީ އިގްތިސާދީ ގޮތުންނާއި ފަންނީގޮތުން އެއްގައުމު އަނެއް ގައުމަށް އެހީތެރިވެދޭން އުފެއްފި ކޮމިޝަނެކެވެ.