07 Oct 2015, 12:59
މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް ހުށަހަޅުއްވާނެ ކަަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
'ސަން'އާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ބަޖެޓްގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ.
"މިހާރު އަޅުގަނޑުމެން ކުރިއަށް ގެންދަނީ ބަޖެޓް ފައިނަލް ކުރުމުގެ މަސައްކަތް،" ޖިހާދު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ އަދަދަަކީ ކިހާވަރެއް ކަަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅަން ޖެހެއެވެ.
މިއަހަރުގެ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަަމަށް ލަފާކޮށްފައި އޮތީ 21.5 ބިލިއަން ރުފިޔާއެވެ.
ރިކަރެންޓް ޚަރަދަށް 15.8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަަމަށް ލަފާކޮށްފައި ވެއެވެ.