27 Mar 2011, 08:30
އާތް އަވާ ފާހަގަ ކުރުމަށް ސިފައިން ޅ. ކުރަންދޫ ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
ގައުމީ ދިފާއީ ބާރުގެ ނޮދަން އޭރިއާގެ މަޑިވަރުގެ ސިފައިން އިއްޔެ ހެނދުން ފެށިގެން ކުރެންދޫ އަތިރިމައްޗާއި ރަށް ވަށައި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔައީ ކުރެންދޫ ކައުންސިލާއި ސިއްހީ މަރުކަޒާ ގުޅިގެނެވެ.
ސިފައިންނާއި ރައްޔިތުން ގްރޫޕްތަކުން ކުރި މަސައްކަތުން ކުރެންދޫގެ ވަށައިގެންވާ އަތިރިމައްޗާއި ހޭޅިފަށް އެއްކޮށްވަނީ ސާފުކޮށްފަ އެވެ.
ދުނިޔޭގެ އާތް އަވާ އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރަން "ވޯލްޑް ވައިލްޑްލައިފް" އިން 2007 ވަނަ އަހަރުން ފެށިގެން ހިންގާ ކެމްޕޭނެކެވެ.