06 Oct 2015, 21:09
ފައިނަލްގައި ސަން އައިލެންޑް ރިސޯޓްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގް 2015ގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ހޯދައިފިއެވެ.
ސޯސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓްގައި މިއަދު ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ސެޓް ރީތި ރަށުން ކާމިޔާބު ކުރީ 25-19 އިންނެވެ. އަދި ދެ ވަނަ ސެޓް 25-22 ން ކާމިޔާބު ކުރިއިރު ތިން ވަނަ ސެޓް ކާމިޔަބު ކުރީ 25-19 އިންނެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ރީތިރަށް ރިސޯޓްގެ ޢަލީ ހުޒާމްއެވެ.
މުބާރާޓުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރީތިރަށް ރިސޯޓްގެ ނިލާމްއެވެ.