މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކުރި، ކުރީގެ އެސިސްޓެންޓު އެޓާނީ ޖެނަރަލް އިސްމާއިލް ވިޝާމް އާ އޭނާގެ އަނބިކަނބަލުން އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ހަނާ ވަހީދު ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ބަންދުން ދޫކޮށްލައިފިއެވެ.

އެ މީހުން ދޫކޮށްލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ފަސް ދުވަހުގެ ގޭ ބަންދު އިއްޔެ ހަމަވުމާއި ގުޅިގެންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުން ދޫކޮށްލާފައި ވަނީ ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް ކަމަށެވެ.

އެ ދެ މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ މީހުން ދިރިއުޅޭ ގެ ކަމަށްވާ މ. ހަނީޑިއު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ބިއަރު ދަޅުތަކަކާ އެކުއެވެ.

އެ މައްސަލައާއި ގުޅިގެން ވިޝާމް މަގާމުން ވަކިކޮށްފައިވާއިރު އޭނާގެ އަނބިކަނބަލުން ހަނާ ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ.