ކޮރަޕްޝަނުގެ ތުހުމަތުކުރެވިފައިވާ ފީފާގެ ރައީސް ސެޕް ބްލެޓާ އެމަގާމުގައި އަންނަ އަހަރުގެ ފެބްރުއަރީ 26 ގެ ފަހުން އިތުރަށް ނުހުނަނަވާނެ ކަމަށް ބުލެޓާގެ ދަރިކަނބަލުން ކޮރެއިން ބްލެޓާ ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ފީފާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ފީފާގެ ރައީސްގެ މަގާމުގައި އިސްތިއުފާ ނުދީ ދެމިހުންނަވާނެ ކަމަށް ބްލެޓާ ވިދާޅުވިކަމަށް ވަނީ މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އެހެންނަމަވެސް ބްލެޓާގެ ދަރިކަނބަލުން ސުވިޒަލޭންޑް ގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ބައްޕާފުޅު ފީފާގެ ރައީސް ކަމުގައި އިތުރަށް ދެމިނުހުންނަވާނެ ކަމަށްށެވެ.

"އަހަރެންނަށް އެނގޭ ބައްޕަ އެ މަގާމުގައި އިތުރަށް ނުހުންނާނެ ކަން،" ބްލެޓާގެ ދަރިކަނބަލުން ކޮރެއިން ވިދާޅުވިއެވެ.

ކޮރެއިން އޭނާގެ ބައްޕާފުޅު ދިފާއުކުރައްވައި ވިދާޅުވީ އެ މަގާމުގައި ބްލެޓާ ހުންނަވަނީ މެޖޯރިޓީ ފުޓްބޯޅަ އެސޯސިއޭޝަންތަކުން އޭނާ އެމަގާމުގައި ހުންނެވުމަށް ބޭނުންވާތީ ކަމަށެވެ.

"ބައްޕަ ނުދާނެ އުދަގޫތަކާ ކުރިމަތިވާން ފެށުމަކުން. ބައްޕަ އެކަނަތައް ތަކާ ކުރިމަތިލައި ހައްލުކުރާނެ،"

މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު ސުވިޒްލޭންޑްގެ ފެޑްރަލް ޕްރޮސިކިއުޓަރުން އަށް ގަޑިއިރެއްހާއިރު ބްލެޓާއާ ސުވާލު ކުރި ކުރުމާ ގުޅޭގޮތުން ކޮރެއިން ހުރީ ވަރަށް ހިންހަމަ ނުޖެހިފައެވެ.

"ބައްޕަ އަޅުގަނޑު ކައިރީ ވިދާޅުވި ބައްޕައަށް ސިފަ ވަނީ އެއީ [ސުވިޒްލޭންޑްގެ ފެޑަރަލް ޕުރޮސިކިއުޓަރުން ސުވާލު ކުރުމުން] ހުވަފެނެއްގޮތަށް ކަމަށް،"

މީޑިއާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ކޮރެއިން ވިދާޅުވީ ބައްޕާފުޅުގެ އަބުރާއި ޝަރަފް ވެއްޔާ މޮޑެލުމަށް މީޑިއާ އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށެވެ.

ފީފާގެ ތަފާތު ކޮރަޕްޝަނުގެ މައްސަލަތަކެއް އެމެރިކާ އަދި ސްވިޒަލެންޑުގެ ތަހުގީގީ އިދާރާތަކުން ބަލަމުން އަންނަނިކޮށް، މީގެ ދެ ހަފްތާ ކުރިން ސްވިޒަލެންޑުން ވަނީ ބްލެޓާގެ ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއް ވެސް ބަލަން ފަށައިފަ އެވެ.

ކޮރަޕްޝަނުގެ އެ ތުހުމަތުތަކާ ގުޅިގެން ބްލެޓާއާއި ފީފާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި ފީފާގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ފީފާގެ ހަތަރު ސްޕޮންސަރުން ކަމަށްވާ ކޮކާ-ކޯލާ، ވިސާ، ބަޑްވެއިޒާ އަދި މެކްޑޮނަލްޑްސް އިން ވެސް ވަނީ ބްލެޓާއަށް ގޮވާލާފައެވެ.

ބްލެޓާގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތު ތަކުގެ ތެރޭގައި ފީފާގެ ބަޖެޓުން 2011 ވަނަ އަހަރު ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް ދޫކުރެއްވި ދެ މިލިއަން ޑޮލަރުގެ މައްސަލައެއް ހިމެނެ އެވެ.

ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި ޕްލެޓިނީ އަށް ބްލެޓާ ދެ މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ފީފާ އަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށެވެ. އެ ފައިސާ އަކީ އޭގެ 11 އަހަރުކުރިން ޕްލެޓިނީ ކޮށްފައިވާ މަސައްކަތަކަށް ދޭން ޖެހޭ އުޖޫރައެކެވެ. ޕްލެޓިނީ އަކީ 1999-2002 އަށް ބްލެޓާގެ ޓެކްނިކަލް އެޑްވައިޒަރެވެ.